އޮސްކާ 2018: އެންމެ ގިނަ އެވޯޑް "ދަ ޝޭޕް އޮފް ވޯޓަރ"އަށް

ހޮލީވުޑްގައި ބާއްވާ އެންމެ ބޮޑު އެވޯޑް ހަފްލާ "އޮސްކާ 2018" ގެ އެންމެ މޮޅު ފިލްމްގެ އެވޯޑް "ދަ ޝޭޕް އޮފް ވޯޓަރ" އިން ގެންގޮސްފި އެވެ. 13 ކެޓަގަރީއަކުން ވާދަކޮށް އެންމެ މޮޅު ޑައިރެކްޝަންގެ އެވޯޑާއި، އެންމެ މޮޅު އޮރިޖިނަލް ސްކޯ އަދި އެންމެ މޮޅު ޕްރޮޑަކްޝަން ޑިޒައިންގެ އެވޯޑްވެސް ހޯދީ "ދަ ޝޭޕް އޮފް ވޯޓަރ" އެވެ. އޮސްކާ އެވޯޑްގެ މިއަހަރުގެ އެންމެ މޮޅު އެކްޓްރެސް އަކަށް ހޮވުނީ "ތްރީ ބިލްބޯޑްސް އައުޓްސައިޓް އެބިން މިސޯރީ" ގެ ލީޑް އެކްޓްރެސް ޕްރާންސެސް މެކްޑޯމަން އެވެ. އަދި އެންމެ މޮޅު އެކްޓަރގެ މަގާމު ހޯދީ "ޑާކެސްޓް އަވާ" ގެ ލީޑް ރޯލު އަދާކުރި ގްރޭ އޯލްޑްމަން އެވެ.
އޮސްކާ 2018 ގެ އެވޯޑް ހާސިލްކުރި ފިލްމުތަކާއި ފަންނާނުން
* ބެސްޓް ފިކްޗަރ - ދަ ޝޭޕް އޮފް ވޯޓަރ
* ބެސްޓް އެކްޓްރެސް - ފްރާންސެސް މެކްޑޯމަން (ތްރީ ބިލިއަޑްސް އައުޓްސައިޑް އެބިން މިސޯރީ)
* ބެސްޓް އެކްޓަރ - ގްރޭ އޯލްޑްމަން (ޑާކެސްޓް އަވަރ)
* ބެސްޓް ޑައިރެކްޓަރ - ގައިލާމޯ ޑެލް ޓޯރޯ (ދަ ޝޭޕް އޮފް ވޯޓަރ)
* ބެސްޓް އޮރިޖިނަލް ސްކްރީން ޕްލޭ - ގެޓް އައުޓް (ޖޯޑަން ޕީލޭ)
* ބެސްޓް އެކްޓަރ - ގްރޭ އޯލްޑްމަން (ޑާކެސްޓް އަވަރ)
* ބެސްޓް އޮރިޖިނަލް ސޯންގް - ރިމެންބަރ މީ (ކޯކޯ)
* ބެސްޓް އޮރިޖިނަލް ސްކޯ - ދަ ޝޭޕް އޮފް ވޯޓަރ (އެލެކްޒެންޑްރަ ޑިސްޕްލޭޓް)
* ބެސްޓް ސިނެމޮޓޮގްރަޕީ - ބްލޭޑް ރަނާ 2049 (ރޮޖާ ޑީކިންސް)
* ބެސްޓް އެޑެޕްޓެޑް ސްކްރީން ޕްލޭ - ކޯލްމީ ބައި ޔޯ ނޭމް (ޖޭމްސް އައިވަރީ)
* ބެސްޓް ލައިވް އެކްޝަން ޝޮޓް - ދަ ސައިލެންޓް ޗައިލްޑް (ކްރިސް އޯވާޓަން އަދި ރޭޗަލް ޝެންޓަން)
* ބެސްޓް ޑޮކިއުމެންޓްރީ ޝޮޓް - ހެވަން އިޒް އަ ޓްރެފިކް ޖޭމް އޮން ދަ 405 (ފްރޭންސް ސްޓީފެލް)
* ބެސްޓް ފޮރިން ފިލްމް ޑައިރެކްޓަރ - ސަބޭސްޓިއަން ލީލިއޯ (އަ ފެންޓާސްޓިކް ވުމެން)
* ބެސްޓް ފިލްމް އެޑިޓިން - ޑަންކްރިކް (ލީ ސްމިތް)
* ބެސްޓް ވިޝުއަލް އިފެކްޓްސް - ބްލޭޑް ރަނާރ 2049
* ބެސްޓް އެނިމޭޓެޑް ފީޗަރ - ކޯކޯ
* ބެސްޓް އެނިމޭޓެޑް ޝޮޓް - ޑިއާ ބާސްކެޓްބޯލް (ގެލެން ކިއާން އަދި ކޯބް ބްރަޔަންޓް)
* ބެސްޓް ސަޕޯޓިންގ އެކްޓަރ - ސެމް ރޮކްވެލް (ތްރީ ބިލްބޯޑްސް އައުޓްސައިޓް އެބިން މިސޯރީ)
* ބެސްޓް ސަޕޯޓިންގ އެކްޓްރެސް - އެލިސަން ޖަނީ (އައި ޓޯނިއާ)
* ބެސްޓް ފޮރިން ލެންގްއޭޖް ފިލްމް - އަ ފެންޓާސްޓިކް ވުމަން (ޗިލީ)
* ބެސްޓް ޕްރޮޑަކްޝަން ޑިޒައިން - ދަ ޝޭފް އޮފް ވޯޓަރ - ޕްރޮޑަކްޝަން ޑިޒައިން ހަދާފައިވަނީ ޕައުލް ޑެންހަމް އޮސްޓަބެރީ/ ސެޓް ޑެކަރޭޓް ކުރީ ޝާނީ ވިއައު އާއި ޖެފް މެލްވިން
* ބެސްޓް ސައުންޑް މިކްސިން - ޑަންކްރިކް (މާކް ވެއިންގާޓެން، ގްރެގް ލެންޑާކާ އަދި ގްރޭ އޭ ރިޒޯ)
* ބެސްޓް ސައުންޑް އެޑިޓިން - ޑަންކްރިކް (ރިޗާޑް ކިންގ އާއި އެލެކްސް ގިބްސަން)
* ބެސްޓް ޑޮކިއުމެންޓްރީ ފީޗާ - އިކަރަސް (ބްރަޔަން ފޯގްލް އަދި ޑޭން ކޯގަން)
* ބެސްޓް ކޮސްޓިއުމް ޑިޒައިނަރ - ޕެންތަމް ތްރެޑް (މާކް ބްރިޖްސް)
* ބެސްޓް މޭކަޕް އެންޑް ހެއާ - ޑާކެސްޓް އަވަރ (ކަޒުހީރޯ ޓީސޫޖީ، ޑޭވިޑް މަލިނޯސްކީ އާއި ލަކީ ސިބިކް)
ނުވަދިހަ ވަނަ އެނުއަލް އެކަޑަމިކް އެވޯޑްސް (އޮސްކާ2018) ބާއްވާފައިވަނީ މިއަދު އެމެރިކާގެ ޑޮލްބީ ތިއޭޓަރުގައެވެ. މި ހަފްލާ ހުށަހަޅައިދިނީ މިދިޔަ އަހަރުވެސް އޮސްކާ ހުށަހަޅައިދިން ޕްރެޒެންޓަރ ޖިމީ ކިމެލް އެވެ. މަޝްހޫރި ލަވަކިއުންތެރިންނާ ނެށުންތެރިންގެ ސްޓޭޖް ހަރަކާތްތަށްވެސް ހުށަހަޅައިދިން މި ހަފްލާގައި ވަނީ ފިލްމީ ދާއިރާއާއި ވަކިވެގެން ދިޔަ ގިނަ ހޮލީވުޑްގެ ފަންނާނުންތަކެއް ހަނދާންވެސް އާ ކޮށްފައެވެ. މި އެވޯޑް ހަފްލާއަށް ހާޒިރުވި މީހުންވެސް ވަނީ އެހެން އެވޯޑް ހަފްލާތަކެކޭ އެއްގޮތަށް ޖިންސީ ފުރައްސާރައާއި ދެކޮޅު ކެމްޕޭންގެ ދަށުން ބޭނުން ކުރާ "ޓައިމްސް އަޕް" ބެޖް ބޭނުން ކޮށް ކަޅުހެދުމުގައި ހަފްލާގައި ބައިވެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ