ބިޑްތައް އިވެލުއޭޓްކުރުމަށް އިސްލާމިކް މިނިސްޓްރީގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމް ބާތިލް ކޮށްފި
ހައްޖަށް މީހުން ގެންދިއުމަށް ކޯޓާ ނުލިބުނު 4 ޖަމާއަތަކުން ހުށަހެޅި ބިޑްތައް އިވެލުއޭޓްކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލްކޮށްފިއެވެ.އަލްމަނާސިކް ހައްޖު އެންޑް ގްރޫޕާއި ކްލެސިކް ހައްޖު ގްރޫޕާއި އަލް ފަތުހު ހައްޖު ގްރޫޕްގެ އިތުރުން އަލްސަފާ ހައްޖު ގްރޫޕްގެ ބިޑްތައް އަލުން އިވެލުއޭޓް ކުރުމަށް ސިވިލް ކޯޓުން ހުކުމްކުރީ އެ ބިޑްތައް މިނިސްޓްރީން އިވެލުއޭޓް ނުކުރުމުންނެވެ.ދައުލަތުގެ ފަރާތުން ހައިކޯޓަށް މި މައްސަލަ އިސްތިއުނާފް ކުރަން ހުށައެޅި އިރު، ހައްޖަށް މީހުން ގެންދިޔުމުގެ އުސޫލުތަކާއި އެއްގޮތަށް އެ ހަތަރު ކުންފުނިން ހުށައަޅައިފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހު ހަމަޖެހިފައިވާފައިވާ އުސޫލުން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ އެ ހަތަރު ކުންފުންޏަށް ދިނުމަށް އިސްލާމިކް މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވެއެވެ.މި ހަތަރު ޖަމާއަތުގެ ޕްރޮޕޯސަލްވެސް އިވެލުއޭޓް ނުކުރުމަށް އިސްލާމިކް އެފެއާޒް އިން ނިންމާފައި ވަނީ އެ ޖަމާއަތްތަކުން ބިޑް ޕްރޮޕޯސަލް ހުށަހަޅަން ހާޒިރުވި ފަރާތްތަކުން އެއީ ކާކުކަން އަންގައިދޭ ފަދަ ލިޔުމެއް ގެންގޮސްފައި ނުވާތީ ކަމަށް އެ މިނިސްޓްރީ އިން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ