މިރޭ ވިލިމާލޭގައި ބާއްވަން ހަމަޖެހިފައިއޮތް ދަރުސް މޫސުން ގޯސްވުމުން ފަސްކޮށްފި

ދަރުސްގެ ޕޯސްޓަރެއްމިރޭ ވިލިމާލޭގައި ބާއްވަން ހަމަޖެހިފައިއޮތް ދަރުސް މޫސުން ގޯސްވުމުން ފަސްކޮށްފިއެވެ.ދަރުސް އިންތިޒާމްކުރާ ޕީސް ފައުންޑޭޝަން އިން ހާމަކުރިގޮތުގައި “މިރޭ ދަރުސް ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަނިކޮން މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފައިވާ”ކަމަށާއި “ދަރުސް ބާއްވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ”ކަމަށެވެ.މިއަދު މެންދުރު ފަހުން ފެށިގެން ވިލިމާލެ ބޯޅަ ދަނޑު ތައްޔާރު ކުރުމުގެ މަސައްކަތް ވަނީ ކުރިއަށްގެންގޮސްފައެވެ.  މިރޭ ވިލިމާލޭގައި ބާއްވަން ހަމަޖެހިފައިވީ އައްޝައިޚް މުޙަންމަދު އިބްރާހީމްގެ ދަރުހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ