މާލޭ ކަރަންޓު ނެތި ހަތަރު ގަޑިއިރު

މިއަދު ހެނދުނު 8:30 އިން ވެރިރަށް ފެށިގެން މާލޭގެ ހުރިހާ ސަރަހައްދަކުން ކަރަންޓު ކެނޑި އާންމުން މަސައްކަތްތަކަށާއި ދިރިއުޅުމަށް ބުރޫއަރައި އުނދަގޫތަކާއި ކުރިމަތި ވެއްޖެ އެވެ. ސަރުކާރުގެ މައި ކަރަންޓް ކުންފުނި، ސްޓެލްކޯއިން ބުނީ މާލޭ ސިޓީގެ މާލެއިން ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.
ސިޓީގެ ހުޅުމާލެ އަދި ވިލިމާލެއިން ކަރަންޓެއް ނުދެ އެވެ.
ތިން ގަޑިރަށް މުޅި މާލެއިން ކަރަންޓް ދިޔަ އިރު މެންދުރު ހުކުރު ވަގުތު ޖެހުނު އިރުވެސް މާލެގެ ބައެއް ސަރަހައްދުތަކުގައި ކަރަންޓެއް ނެތެވެ. ސްޓެލްކޯއިން ބުނި ގޮތުގައި ކަރަންޓް ދިއުމުން ފުރަތަމަ 80 ޕަސެންޓަށް ކަރަންޓް ދިނެވެ. ނަމަވެސް ފަހުން ވެސް ކަރަންޓް ދިޔައީ އެވެ. އަދި މިހާރު މާލޭގެ ގާތްގަނޑަކަށް 39 ޕަސަންޓު ސަރަހައްދުތަކަށް ކަރަންޓު ލިބޭނެ ކަމަށް ވެސް ބުންޏެވެ.
މާލެ އިން ކަރަންޓު ކެނޑި، ގިނަ ގަޑިތަކެއް މާލޭގައި އޮތް ބޮޑު އަބާދީއަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ. އަދި މިއީ ހުކުރު ދުވަސް ކަމަށް ވުމާއެކު، މެންދުރަށް ކެއްކުމާއި ހުކުރު ނަމާދަށް ދާން ބޭނުންވާ މީހުންނަށް ވެސް މި މައްސަލައިގައި އުނދަގޫތަކަކާ ކުރިމަތިވެފައި ވެއެވެ. މާލޭގެ ބައެއް ގޭގެ އިން ކަރަންޓު ދިއުމުން ސަޕްލައި ފެން ވެސް ކެނޑޭތީ އެ ދަތިތައް ވަނީ ކުރިމަތި ވެފައެވެ، ވަރަށް ގިނަ ބަޔަކު ވަނީ ކަރަންޓްގެ މައްސަލާގައި ޝަކުވާކޮށް ފާޑުކިޔާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ