ރޯގާއަށް ފަރުވާ ހޯދާ މީހުންގެ ޢަދަދު އަންނަނީ މަދުވަމުން: އެޗްޕީއޭ

މިހާރު ފެތުރެމުންދާ ރޯގާއަށް ފަރުވާ ހޯދާ މީހުންގެ ޢަދަދު މަދުވަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެ އޮތޯރިޓީން މިއަދު ޢާންމުކުރި ތަފާސް ހިސާބުގައިވާ ގޮތުން އިއްޔެގެ ނިޔަލަށްH1N1 އަށް 114 މީހުން ޕޮޒިޓިވްވި ނަމަވެސް ރޯގާ ޖެހިގެން ފަރުވާ ހޯދާ މީހުންގެ ޢަދަދު މަދުވަމުންއަންނަ ކަމަށެވެ. އަދި އިއްޔެއާ ހަމައަށް 350މީހަކު އިންފެލްއެންޒާއަށް ޓެސްޓުކޮށް، 6 މީހަކު އެނދުމަތިކޮށްގެން ފަރުވާދެމުން އަންނަ ކަމަށްވެސް ތަފާސް ހިސާބުން ދައްކައެވެ.
އިއްޔެގެ ހިސާބުތަކުން ދައްކާފައިވާ ގޮތުގައި H1N1 އަށް 3 މީހުން އަލަށް ޕޮޒިޓިވްވެފައިވާ އިރު، މިއަދުގެހިސާބުތަކުން އަލަށް 6 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.
ރޯގާ ޖެހިގެން މާލެއިން އިއްޔެ 680މީހުން ޑޮކްޓަރަށް ދެއްކިއިރު، އޭގެ ކުރީ ދުވަހު 989 މީހުން، އަދި ރަށްރަށުން އިއްޔެ 869 މީހުން ޑޮކްޓަރަށް ދެއްކިއިރުއޭގެ ކުރީ ދުވަހު 1551 މީހުން ވަނީ ޑޮކްޓަރަށް ދައްކާފައެވެ.
އަތޮޅުތަކުގެތެރެއިން ރޯގާ އެންމެ ބޮޑަށް ފެތުރެނީ ރ. އަދި ނ. އަތޮޅުގައި ކަމަށްވާ އިރު، ރ. އަތޮޅުން އިއްޔެ 99 ރިޕޯޓު އަދި ނ. އަތޮޅުގެ ރަށްތަކުން 104 ކޭސްރިޕޯޓުކޮށްފައިވެއެވެ. މާލެ ފިޔަވައި އެހެން ހުރިހާ ރަށަކުން އިއްޔެ 869ކޭސް ރިޕޯޓްކުރިއެވެ. އަދި H1N1 ޖެހިގެން މިހާތަނަށް ވަނީ 26 އަހަރުގެ ފިރިހެނަކާއި 51 އަހަރުގެ އަންހެނަކު މަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ