މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ، އިނގިރޭސިވިލާތުގެ ފޮރިން އޮފީހުގެ ސްޓޭޓް މިނިސްޓަރު ހޫގޯ ސްވަޔާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި، ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކާ ބައްދަލުކުރައްވައިފިއެވެ.
ސްވަޔާ ވިދާޅުވީ، ރައީސް މައުމޫނާއެކީ ބޭއްވި "އެކުވެރިކަމުގެ" ބައްދަލުވުމުގައި ވާހަކަފުޅުދެއްކެވީ، މޫސުމަށް އަންނަ ބަދަލުތަކާއި ދީނީ ގޮތުން ހައްދުފަހަނައަޅައި ދިއުމާއި ރާއްޖޭގެ ސިޔާސީ މަޝްރަހާ ބެހޭ ގޮތުން ކަމަށެވެ.
ރައީސް މައުމޫންއާ ބައްދަލުކުރެއްވުމުގެ އިތުރުން ސްވަޔާ މިއަދު ވަނީ، އެމްޑީޕީއާއި އަދާލަތު ޕާޓީގެ ވެރިންނާ ވެސް ބައްދަލުކުރައްވާފައެވެ. އެބައްދަލުވުންތަކުގައި ވާހަކަ ދެއްކީ ޑިމޮކްރަސީއާ ބެހޭ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ސްވަޔާ މިއަދު ވަނީ، ރައީސް ޔާމީން އާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫންގެ އިތުރުން ފޮރިން ސެކްރެޓަރީ ޢަލީ ނަސީރާ ވެސް ބައްދަލުކުރައްވާފައެވެ.
ރައީސް ޔާމީންއާއެކީ ބޭއްވި ބައްދަލުވުމުގައި ވަނީ، ރާއްޖެއާއި އިނގިރޭސިވިލާތާއި ދެޤައުމުގެ ދޭތެރޭ ޤާއިމްވެފައިވާ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ. މީގެ އިތުރުން، ދެޤައުމުން އެއްބާރުލުން ދޭން ބޭނުންވާ ކަންކަމާ ބެހޭގޮތުން ވެސް ރައީސް ޔާމީން އާއި ސްވަޔާ މަޝްވަރާކުރެއްވިއެވެ.
ރައީސް މައުމޫން އަދި ސިޔާސީ ބައެއް ފަރާތްތަކާ ސްވަޔާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ