ޕީޕީއެމްގެ ކައުންސިލު މެމްބަރު ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އައްޔަން ކުރައްވައިފިއެވެ.
އުމަރު ޕީޕީއެމްގެ ކައުންސިލު މެމްބަރު ކަމަށް އައްޔަން ކުރައްވާފައިވަނީ ޕީޕީއެމްގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ ރައީސް އިބްރާހީމް ޔޫސުފްގެ އިތުރުން ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ރައީސް މައުމޫން ޕީޕީއެމްގެ ކައުންސިލަށް އައްްޔަންކުރައްވާފައި ހުންނެވި ޒާހިދު ރަމީޒު އެޕާޓީގެ ކައުންސިލުން ވަކި ކުރުމަށް ފަހުގައެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާއްދަކުރަންވުމަށްޓަކައި ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރަންވާނެ ކަމަށް އިއުލާނު ކުރައްވާފައިވާ އުމަރު ކައުންސިލް މެންބަރުކަމަށް އައްޔަން ކުރެއްވުމާއި ގުޅިގެން އޭނާ ވަނީ ރައީސް މައުމޫނަށް ޝުކުރު އަދާކުރައްވާފައެވެ. އުމަރު ވިދާޅުވީ ޕީޕީއެމްގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ޚިދުމަތް ކުރެއްވުމުގެ ފުރުސަތު ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އުމަރަކީ ޕީޕީއެމްގެ އެންމެ ފުރަތަމަ ނައިބު ރައީސެވެ. އޭނާއަށްފަހު އެ ޕާޓީގެ ނައިބު ރައީސްކަމަށް ވަޑައިގެންނެވީ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމެވެ. އިލްހާމާއި އަދީބަކީ އެ ޕާޓީގެ ކޮންގްރެސްގައި އާންމު މެމްބަރުންގެ ވޯޓުން އެ މަގާމަށް ވަޑައިގެންނެވި ދެ ބޭފުޅުންނެވެ. އަބްދުއްރަހީމު ނައިބު ރައީސްކަމަށް ވަޑައިގެންނެވީ ޕާޓީގެ ކައުންސިލްގެ އަގުލަބިއްޔަތުންނެވެ.
ޕީޕީއެމް އުފެއްދުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އުމަރު އާއި ޕީޕީއެމް އާއި ދެމެދު މައްސަލަ ޖެހުނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީ ރައީސް ޔާމީން ކާމިޔާބު ކުރެއްވުމުން އުމަރު ކުރެއްވި ތުހުމަތުތަކާއި ގުޅިގެންނެވެ.
އުމަރު ޕީޕީއެމް ކައުންސިލަށް އައްޔަން ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ