މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް: މެޗް ކާމިޔާބުކޮށް އަހުމަދިއްޔާގެ ފެށުން ރަނގަޅު ކޮށްފި

މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު 16 އަހަރުން ދަށުގެ ފުރަތަމަ މެޗް އަހުމަދިއްޔާ ކާމިޔާބު ކޮށްފި އެވެ.
މުބާރާތް އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި ފެށުމުގެ ގޮތުން ވިލިމާލޭ މުހުޔިއްދީން ސުކޫލާއި ބައްދަލުކޮށް އަހުމަދިއްޔާ މޮޅުވީ 1-0 ލަނޑުންނެވެ.
މި މެޗްގައި އަހުމަދިއްޔާގެ ހަމައެކަނި ލަނޑު ޖަހާފައި ވަނީ މެޗްގެ ފުރަތަމަ ހާފުގައި ލިބުނު ޕެނެލްޓީއަކުން ނެވެ. މުހްޔިއްދީން ސުކޫލްގެ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްދިނީ އަހުމަދިއްޔާއަށް އުފާކޮށް ދިނީ ޓީމްގެ ކެޕްޓަނެވެ.
އިއްޔެގެ މެޗުން މުހްޔިއްދީން ބަލިވެފައި ވާއިރު، 16 އަހަރުން ދަށުގެ ބައިގެ އެންމެ ފަހުގެ ޗެމްޕިއަނުން ނަކީ ވެސް މުހްޔިއްދީން ސްކޫލެވެ.
16 އަހަރުން ދަށުގެ ބައިގައި ޖުމްލަ އަށްޓީމް ވާދަކުރާއިރު، 13 އަހަރުން ދަށުގެ ބައިގައި ވާދަކުރަނީ 10 ސުކޫލަކުން ނެވެ. މުބާާރާތުގެ 13 އަހަރުން ދަށުގެ ބައި ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 12 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ