ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި އޭނާ ގުޅިވަޑައިގަތީ ދާއިރާގެ ހައްގުތައް ހިމާޔަތް ކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (މަވޯޓާ) ރޭ ވިދާޅުވެއްޖެއެވެ.
ޝަރީފް ހިމެނޭހެން އިދިކޮޅު، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ 13 މެންބަރަކު ރޭ ވަނީ ޕީއެންސީއާއި ގުޅިވަޑައިގެންފައެވެ.
މިކަމަށް މާލޭ ދަރުބާރުގޭގައި ރޭ ބޭއްވި ޙާއްޞަ ޕީއެންސީ ޖަލްސާގައި ޝަރީފް ވިދާޅުވީ، އޭނާ އަކީ ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއެކު ގަދަކޮށް އެންމެ ކުރީ ސަފުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒާ ސީދާ ދެކޮޅަށް ރިޔާސީ އިންތިޚާބުގައި މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ.
އިންތިޚާބަށްފަހު ‘’މިހުރެވުނީ ރަނގަޅު ތަނުގައިބާވައޭ’’ އަމިއްލައަށް ހިތްޕުޅަށް އަރައިވަޑައިގެންނެވި ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
‘’ރައްޔިތުން ބުނާނެ ކަލޭ ހަމަދިޔައީ އަމިއްލަ ލާބަޔާ މަންފާ ހިމާޔަތް ކުރާށޭ، ނޫންނޫން އަޅުގަނޑު މިއައީ އަމިއްލަ ލާބަޔާ ހިމާޔަތް ކުރާކަށް ނޫން، އަޅުގަނޑު މި އައީ ދާއިރާގެ ހައްގު ހިމާޔަތް ކުރަން،’’ ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، އޭނާ ޕީއެންސީއާ ގުޅިވަޑައިގަތީ ދާއިރާގެ ތަރައްގީއަށް މަސައްކަތްކޮށް ރާއްޖޭގެ އިޤްތިޞާދު އާ އުސްމިނަކަށް ގެންދިޔުމަށް ޑރ. މުޢިއްޒުގެ ސަރުކާރަށް އެއްބާރުލުންދީ މަސައްކަތްކުރަން ކަމަށެވެ.
ޕީއެންސީއާ ގުޅުނީ ދާއިރާގެ ޙައްޤުގައި، އަމިއްލަ މަންފާއެއް ހޯދާކަށްނޫން: ޝަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ