ސްޓެލްކޯ މުވައްޒަފުން ދަނީ މިފަހުން ހިނގި ގިނަ ހާދިސާތަކެއްގައި ލީޑާޝިޕް ރޯލެއް އަދާކޮށްފަ އެވެ. އަދި އެ ކުންފުނީގެ ވަސީލަމްތަކާއި މީހުންގެ ފުރާނަ ސަލާމަތް ކުރަން ގިނަ ގުރުބާނީވެފައިވާ މުވައްޒަފުން ފާހަގަވެފައިވެ އެވެ.
އެކި ދާއިރާތަކުން ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކުރުމަށް ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އާއިއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ. މި އެމްއޯޔޫގައި ސްޓެލްކޯގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ޙުސައިން ފަހުމީ.ސިވެކްގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ސިވެކްގެ މެނޭޖިންގ ޑިރެކްޓަރު ކާނަލް އަޙުމަދު ޒުބައިރު އެވެ.
މި އެއްބަސްވުމާ ބެހޭ ގޮތުން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ ރާއްޖޭގެ ކަންތައްތަކާ އަދި ބައެއް އިވެންޓްތަކުގަ އަޅުގަނޑުމެންގެ ބައެއް މުވައްޒަފުން އެބަހުރި ރެސްކިއު ބައެއް އޮޕަރޭޝަން ހިންގާފައިވާ ކަމަށެވެ."ރައްޔިތުންގެ ތެރޭން މިސާލަކަށް މޫދަށް ވެއްޓުނު މީހަކު ނަގާފަ އެބަހުރި. އަޅުގަނޑުމެންގެ ޕްރޮޕަޓީޒްތަކަށް ވައްކަންކުރަން ވަތް މީހުންނާ ވެސް އެބަހުރި އަޅުގަނޑުމެންގެ މުވައްޒަފުން ކޮންފްރަންޓް ކޮށްފަ" ފަހުމީ ވިދާޅުވި އެވެ.އެމްޑީ ވިދާޅުވީ މި ހާދިސާތަކަކުގައި ކަންކަން ދިޔަގޮތުން ސްޓެލްކޯގެ މުވައްޒަފުންނަކީ މި ޓްރޭނިން ޕްރޮގްރާމް ހަދާފަ ތިބި ބައެއްކަން ޔަގީން ކުރި ކަމަށާ އެގޮތުން ޔަގީން ކުރުމުން އެނގިގެން ގޮސްފައިވަނީ މި މުވައްޒަފުން ލީޑާޝިޕް ތަމްރީން ފުރިހަމަކޮށްފައިވާކަން ކަމަށެވެ."އަސްލު މި ބޭފުޅުން މި ކަހަލަ ކަމެއް ދިމާވީމަ އިސްނަގަން ކެރުނީ ކިހިނެއް ތޯ. ބެލިރު ދަންނަވަން ތޯ ހުރިހާ މުވައްޒަފުންނަކީ ވެސް އަޅުގަނޑުމެން މި ހިންގި ލީޑާޝިޕް ޓްރެއިނިން ޕްރޮގްރާމްގަ އެމްއެންޑީއެފް ބޭކަލުން އަޅުގަނޑުމެންނަށް ޓްރެއިން ކޮށްދެއްވާފަ ތިބި ބޭފުޅުން. އެހެންވީމަ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ މަސައްކަތުގެ މާހައުލުގައި ވެސް އަދި ގައުމަށް ޚިދުމަތްކޮށްދިނުމުގަ ވެސް، އަމިއްލަ އާއިލީ ދިރިއުޅުމުގަ ވެސް މި ޕްރޮގްރާމަކީ ފައިދާ ކުރާނެ ޕްރޮގްރާމެއް. ފައިދާ ކުރާ ޕްރޮގްރާމެއް،" ފަހުމީ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ސްޓެލްކޯގެ ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިން ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު ހުސެއިން ފަރުހާދު ވިދާޅުވީ އެމްޑީގެ އިސްނެގުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ މަގުސަދަކީ އިހުލާސްތެރި ކެރޭ މުވައްޒަފުންތަކެއް އުފެއްދުމެވެ."އެމްޑީގެ މޮޓޯގެ ދަށުން މިހާރު އަޅުގަނޑުމެން ކުންފުނީގެ އަމާޒަކީ ކުންފުނީގާ އިޚްލާސްތެރި ވަފާތެރި ބުރަކޮށް މަސައްކަތްކުރާ، ހިތްވަރާ އަޒުމާއެކު އެކުވެރިކަމާއެކު އަޅުގަނޑުމެންގެ ކުންފުނީގެ ތަޞައްވުރާ މުހިންމަތާ އަދި ކުންފުނީގާ ރާވާލެވޭ ސްޓެރެޓެޖިކް އޮބްޖެކްޓިވްސްތައް އެޗީވް ކުރާނެ ވަރުގަދަ ޓީމެއް ޤާއިމްކުރުން،" ފަރުހާދު ވިދާޅުވި އެވެ.
މިއަދު ވެވުނު ފަހުމުނާމާގެ ދަށުން ސިވެކްގެ އެހީގައި ސްޓެލްކޯގެ މުވައްޒަފުންނަށް އިތުރު ތަމްރީނު ހިންގުމަށް އެއްބަސްވެވުނު ދާއިރާތަކުގެ ތެރޭގައި ފަޔާ އެވެކުއޭޝަން ޑްރިލް ބޭއްވުމަށް އެހީވުމާއި އިންޖީނުގެތަކުގައި ޤާއިމްކޮށްފައިވާ އަލިފާން ނިއްވާ ނިޒާމު ބެލެހެއްޓުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުންވެސް ފަހުމުނާމާގައި ހިމެނެ އެވެ.
އެމްއެންޑީއެފްގެ އެހީގައި މިހާރު ކުރިއަށްދާ ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް ސްޓެލްކޯގެ 668 މުވައްޒަފުން މިހާރު ވަނީ ފުރިހަމަކޮށްފަ އެވެ. މިއަދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ކުންފުނީގެ ހުރިހާ މުވައްޒަފުން މި ޕްރޮގްރާމް ފުރިހަމަ ކުރުވުމެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ސިފައިންގެ އެހީތެރިކަމާއެކު ސްޓެލްކޯ މުވައްޒަފުންނަށް ތަމްރީން ދޭން ސޮޔެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ