ދެމީހުން މަސްތުވެގެން ދެމީހުން ތިބި ކަމަށާއި، އެރޭ ހިނގައިދިޔަ ކަންކަމަށް އެ ދެމީހުން ވެސް ޒިންމާ ނަގަން ޖެހޭނެ ކަމަށާއި އަދި ޔުމްނު ވެއްޓުމުގައި ރައުދުގެ އިހުމާލު ބޮޑު ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.
ހ. ފެންޓެނޯއީ ގޭ މަތިން ގުދަނެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނީ ކަމެއް ނުވަތަ ވައްޓާލީކަން އެނގޭނެ ގޮތެއް ނެތް ކަމަށާއި ނަމަވެސް ވައްޓާލީ ކަމަށް ބެލުމުގެ ފުރުސަތު ވަރަށް ހަނި ކަމަށް އެ މައްސަލަ ބެލުމަށް އުފެއްދި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފި އެވެ.
ގާނޫނުއަސާސީން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ޔުމްނު ވެއްޓުނު މައްސަލައިގެ އިންކުއަރީއެއް ހެދުމަށް މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު އުފެއްދެވި ހާއްސަ ކޮމިޝަނުން މިއަދު މަސައްކަތް ނިންމައި ރައީސް ޑރ. މުހައްމަދު މުއިއްޒާ ހަވާލުކޮށްފަ އެވެ.އެ ކޮމިޝަންގެ ރިޕޯޓު މިހާރު އާންމުކޮށްފައިވާއިރު، ތަފްސީލުކޮށް އެރޭ ޔުމްނު ދިޔަ ތަންތަނާއި އުޅުނު ގޮތް ބަޔާންކޮށްފައިވެ އެވެ. ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޔުމްނުއާއެކު ފެންޓެނޯއީ ގޭތެރޭގައި އެރޭ އުޅުނު ރައުދު އަހުމަދު ޒިލާލްއާ ސުވާލު ކުރުމުން، އެއްވެސް ކަމެއް ހަނދާނުގައި ނެތް ކަމަށް ވަނީ ބުނެފަ އެވެ.އަދި، ޔުމްނު ވެއްޓުނީތޯ ނުވަތަ ވައްޓާލީތޯ ދެނެގަތުމަށް ދެމީހުން ހަރަކާތްތެރިވާ ސީސީޓިވީ ފުޓޭޖްތައް ބެލިއިރު، އެތަނުގައި އެވަގުތު އެދެ މީހުން ފިޔަވައި އިތުރު މީހަކު ނެތުމުންނާއި، ޔުމްނުގެ ބަހެއް ކޮމިޝަނަށް ލިބިފައި ނުވާތީ ގަސްތުގައި ރައުދު، ޔުމްނު ވައްޓާލީކަން ނުވަތަ ނޫންކަން ކޮމިޝަނަށް ކަނޑައެޅެން ނެތް ކަމަށް ރިޕޯޓުގައިވެ އެވެ. ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި؛
ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެގޭ ޓެރަހުން ޔުމްނު ވެއްޓުނު ކަމަށް ބެލެވެން ނެތެވެ. ސަބަބަކީ، ޓެރަހުގެ ދޮރު އެރޭ ހުރީ ޖޭމްވެފައި ކަމާއި، ދޮރު ހުޅުވޭނީ ތަޅުދަނޑިން ކަމަށާއި، ޔުމްނު ވެއްޓިފައި އޮތް މިޓާޒްގެއާވީ ފަޅީގެ ޓެރަހުގެ ރެއިލިންއިން ޔުމްނު، ރައުދު އަދި އެހެން މީހެއްގެ ވެސް އިނގިލީގެ ނިޝާން ފެނިފައި ނުވުމެވެ.މި ހާދިސާގައި އަމަލީ ގޮތުން އެހެން މީހަކު ބައިވެރިވެފައި ނުވާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ. ނަމަވެސް ދެމީހުން މަސްތުވެގެން ދެމީހުން ތިބި ކަމަށާއި، އެރޭ ހިނގައިދިޔަ ކަންކަމަށް އެ ދެމީހުން ވެސް ޒިންމާ ނަގަން ޖެހޭނެ ކަމަށާއި އަދި ޔުމްނު ވެއްޓުމުގައި ރައުދުގެ އިހުމާލު ބޮޑު ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ޔުމްނު ވައްޓާލީ ކަމެއް، ވެއްޓުނީ ކަމެއް ކަނޑައެޅޭކަށް ނެތް: ރިޕޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ