ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަންނަ އޭޕްރީލް މަހު ބާއްވަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ވީ ކިހިނެއް؟ - ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް ދެއްވި އިންޓަވިއު އެއްގައި އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބަށް ތައްޔާރުވުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.
ތަފްސީލް - އީސީގެ ރައީސް ވިދާޅުވީ އިންތިހާބީ ދާއިރާތަކަށް ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތުތައް ހޯދަން ފަށާފައިވާ ކަމަށެވެ.
އެ އިންތިހާބަށް ތައްޔާރުވުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިންތިހާބީ މައި މަރުކަޒުގެ ގޮތުގައި ބޭނުންކުރާނެ އިމާރާތެއް ހޯދުން ކަމަށް ވެސް އީސީގެ ރައީސް ޒާހިދު ވިދާޅުވި އެވެ.
"މިހާރު މިވަގުތަށް ބަލާނަމަ ދަރުބާާރުގެއެއް ނެތް. ބާ ޖަމާލުއްދީނެއް ނެތް. އެހެންވީމާ މާލޭގައި އެކަހަލަތަނެއް ހޯދައިގެން އެ މަސައްކަތް ކުރުމުގައި ގޮންޖެހުންތަކެއް އެބަހުރި،" އޭނާ ވިދާޅުވި އެވެ.
ވީހާވެސް ހަރަދު ކުޑަކޮށް އިންތިހާބު ބޭއްވޭނެ ގޮތެއް ހޯދުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް ޒާހިދު ވިދާޅުވި އެވެ.
ޒާހިދު އިތުރަށް ވިދާޅުވީ އިންތިހާބުގައި ވޯޓުލުމާއި ގުނުން ފިޔަވައި އެހެން ހުރިހާ ކަމެއް ޑިޖިޓަލްކޮށް ކުރިއަށް ގެންދިޔުމަށް ގޮތްތަކެއް ހޯދަމުން އަންނަ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބު އޭޕްރީލް މަހު ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ