ހަށިގަނޑުގައި ހަލާކުވެ ގިނަ ދުވަސްވެފައި ހުންނަ ފާރުގަނޑުތަކަށް ފަރުވާދޭން ހާއްސަ "ވޫންޑް ކެއާ ކްލިނިކް" އެއް ހުޅުމާލޭ ހޮސްޕިޓަލުގައި ހުޅުވައިފި އެވެ.
އެތަން ހުޅުއްވައި ދެއްވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމެވެ.
އޭނަ ވިދާޅުވީ އެ ގުރޫޕްގެ ދަށުން ހިންގާ ހޮސްޕިޓަލްތަކަކީ އެއް ތަން އަނެއް ތަނާ ވާދަކުރާ ހޮސްޕިޓަލްތަކެއް ނޫން ކަމަށާއި ބޭނުން ވަނީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ކޮންމެ ތަނަކުވެސް ގާއިމުކޮށް ފަސޭހަކޮށް ހޯދޭނެ ގޮތްތައް ހަމަޖައްސައި ދިނުން ކަމަށެވެ.
ޕްލާސްޓިކް ސާޖަން ޑރ. މުހައްމަދު ވަހީދު ވިދާޅުވީ "ވޫންޑް ކެއާ ކްލިނިކް" އެއްގެ ހިދުމަތް މިހާތަނަށް ލިބެމުން އައީ އައިޖީއެމްއެޗްގައި ކަމަށް ވިޔަސް، އެ ހިދުމަތް މާލެ ސަރަހައްދުގެ އިތުރު ހޮސްޕިޓަލަކަށް ފުޅާވެގެން ދިއުމަކީ އާންމުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
ހުޅުމާލެ ހޮސްޕިޓަލްގައި ހުޅުވި ކްލިނިކްގައި ބޭނުން ކުރާނީ ދުނިޔޭގެ އެންމެ ފަހުގެ ޑްރެސިން މެޓީރިއަލް ކަމަށް އެ ހޮސްޕިޓަލް ބުންޏެވެ.
އެ ހޮސްޕިޓަލުން ބުނި ގޮތުގައި މިދިޔަ ޖެނުއަރީ މަހުން ފެށިގެން މި މަހުގެ 16 އާ ހަމައަށް 5،076 މީހުންގެ ފާރުގަނޑުތަކަށް ބޭސްކޮށް ދީފައިވެ އެވެ.
ހުޅުމާލޭ ހޮސްޕިޓަލަށް "ވޫންޑް ކެއާ ކްލިނިކް" އެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ