މޫސުން ވަރަށް ގޯޯސް، މާލެ އަތޮޅުން ވ އަތޮޅަށް އޮރެންޖު އެލާޓް!

މާލެ އަތޮޅުން ފެށިގެން ވ. އަތޮޅަށް ނެރެފައި އޮތް ރީނދޫ އެލާޓް އޮރެންޖް އެލާޓަކަށް ބަދަލު ކޮށްފިއެވެ.
މެޓް އޮފީހުން ވިދާޅުވީ، ދެ ގަޑިއަރަށް އޮރެންޖް އެލާޓް ނެރެފައި ވަނީ، މާލެ އަތޮޅާއި އަރިއަތޮޅަށް، މިއަދު 15:15 އިން 17:15އަށް ކަމަށެވެ.
މި އެލާޓް ނެރެފައި ވަނީ ބޯކޮށްވާރޭ ވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭތީއެވެ.
މިއަދު ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ޖުމްލަ 13 އަތޮޅަކަށް ޔެލޯ އެލާޓު ނެރެފައެވެ.
އެލާޓު ނެރެފައި ވަނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށެވެ. އެލާޓު ނެރެފައި ވަނީ މިއަދުގެ މެންދުރު 13:00 އިން 17:00އާ ހަމައަށެވެ.
މެޓުން ވިދާޅުވީ، އެ ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މީގެއިތުރުން ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓުން ވަނީ ލަފާ ކޮށްފައެވެ.
މެޓް އޮފީހުން ވިދާޅުވީ، މިހާރު ކުރަމުން އަންނަ ވިއްސާރަ މާދަމާއި ހަަމައަށް ދެމިގެންދާނެ ކަމަށްވެސް ލަފާކުރެވޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ