ހިޔާ ފްލެޓުތަކާ ދިމާލުން ބޯވާ ނަގަން ފޭބި މީހަކު ގެއްލިގެން ހޯދަނީ

ހިޔާ ފްލެޓުތަކާ ދިމާލުން ބޯވާ ނަގަން ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ފުވައްމުލަކުގެ ޒުވާނެއް ކަމަށްވާ އިބްރާހީމް ޝަހީންއެވެ.
ފުލުހުން ބުނީ ޝަހީންގެ ހަބަރެއް ނުވެގެން މިރޭ 9:30 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެކަމުގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފާއި، މެރިން ޕޮލިހަށް އެ މައުލޫމާތު ހިއްސާކޮށް ޝަހީން ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ