މާލެއާއި އަތޮޅުތެރެ ތަފާތެއް ނުކުރައްވާނެ ކަމަށާއި އެއް އަގެއް، އެއްއުސޫލެއް އެއްހަމައެއް ގައި ކަންކަން ކޮށްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ގދ. ތިނަދޫ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ގައުމީ ކެންޑިޑޭޓް ވިދާޅުވީ އެމަނިކުފާނުގެ އަރިހުގައި ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކާއި ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފަޅަކު އެމަނިކުފާނަށް ތާއީދު ކުރައްވާ އެމަނިކުފާނާއެކު މަސައްކަތްކުރައްވަނީ އެމަނިކުފާނާއެކު މަސައްކަތް ކުރައްވަނީ ވިޝަންއަކާއި މިޝަންއެއް، ކަންކަން ކުރުމުގެ ވިސްނުމަކާއި ފިކުރެއް އަދި ތަޞައްވަރެއް އެމަނިކުފާނު ގެންގުޅުއްވާތީ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ރައްޔިތުން އެދޭ ތަރައްގީއާއި ތަހުޒީބު ހޯއްދަވާދެއްވާނެ ކަމަށާއި އެކަމަށް އެމަނިކުފާނު ހުންނެވީ ޖޯޝާއެކު ތައްޔާރުވެގެން ކަމަށް ވެސް ވިދާޅުވިއެވެ. އަދި ތިނަދޫ ސިޓީއާއި އެ ސަރަހައްދުގެ ރައްޔިތުން އުންމީދު ކުރަމުންދާ މަޝްރޫއުތައް އެމަނިކުފާނުގެ ވެރިކަމެއްގައި ފުރިހަމަކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ގައުމީ ކެންޑިޑޭޓް އިތުރަށް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓާއި އެ ސަރަހައްދުގެ މަސްވެރިކަމުގެ ސިނާއަތް އެހެން ލެވެލްއަކަށް ގެންގޮސްދެއްވާނީ ވެސް އެމަނިކުފާނުގެ ވެރިކަމުގައި ކަމަށާއި މަސްވެރިންގެ އަތުން މަސްގަންނަ އަގު މަދުވެގެން 26 ރުފިޔާއަށް ބޮޑުކޮށްދެއްވާނެ ކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާއަތުގައި އެމަނިކުފާނު މިހައިތަނަށް ކުރައްވާފައިވާ އިންވެސްޓްމަންޓްތައް ސަރުކާރުން ގާއިމްކޮށްފައިވާ ފެސިލިޓީޒްތަކަށްވުރެ ފުރިހަމަ ވާނެ ކަމަށާއި ކަންކަން ކުރެވޭނީ ކަންކުރުމުގެ ހެޔޮނިޔަތާއި ގާބިލްކަން ހުރި ފަރާތްތަކަށް ކަމަށް ވެސް ވިދާޅުވިއެވެ.
ކެމްޕެއިން ބައްދަލުވުމުގައި ގާސިމް ވިދާޅުވީ ގައުމުގެ މިނިވަންކަމާއި އިސްތިގްލާލަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ މިއަދުގެ ގައުމުގެ ތަރައްގީ މަޑުޖެހުމުންދާ ސަބަބު ކަމަށެވެ. އަދި މިސަރުކާރުން ރައްޔިތުންނަށް ވަނީ ހިޔާނާތްތެރިވެފައި ކަމަށާއި ގައުމުގެ ފުދުންތެރިކަން އަމިއްލަ ޖީބަށް ޖަމާކުރަމުންދަނީ ގައުމު ފުޑާލާފައި ކަމަށެވެ.
މި މޭރުމުން ވާހަކ ކުރިއަށް ގެންދަވަމުން ގާސިމް އިތުރަށް ވިދާޅުވީ މާލޭ ސަރަހައްދައް މީހުން ޖަމާކުރުމުގެ ބަދަލުގައި އެމަނިކުފާނު ގައުމު ބިނާ ކުރައްވާ ރާއްޖޭގެ ކަންކޮޅުތަކުގައި ގާއިމްކުރައްވާ ސިޓީތަކުގައި ތަހުޒީބު ވަސީލަތްތައް ގާއިމްކޮށް ފުރުސަތުތައް އުފައްދައިގެން ކަމަށެވެ. އަދި އެކަންކުރައްވާނީ ދުނިޔޭގެ އެންމެ ތަހުޒީބު ސިޓީތަކުގެ ނަމޫނާއިންނާއި އެކަމުގެ އިލްމާއި ދިރާސާތައްކުރާ މާހިރުންގެ ލަފަޔާއި ބައިވެރިވުން ހޯދައިގެން ކަމަށެވެ.
އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖެތެރެއާއި މާލޭގެ ތަފާތު ނައްތާލާނެކަން ހާމަކުރައްވާ ވިދާޅުވީ އެއްހަމައަކާއި އެއްއުސޫލެއް ގާއިމްކޮށްދެއްވާ އަގުތަކުގެ ތަފާތު ވެސް ނައްތާލާނެ ކަމަށެވެ. އަދި އަސާސީ ހިދްމަތްތަކުގެ ބިލްތަކަށް ކޮށްފައިވާ ޖޫރިމަނާތައް މައާފްކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ހަމަމިއާއެކު ރައްޔިތުން ފެލާލައި އުސޫލުން އަގުނަގާ ނެގުން ނައްތާލާނެ ކަމަށާއި ރައްޔިތުންގެ ޖީބުތައް ފުރާދީ ތަނަވަސްކަން އިތުރުކޮށްދޭނެ ކަމަށްބުނެ އަންނަ ސަރުކާރުތަކުން މީގެކުރިން ރައްޔިތުންނަށް ދެއްކީ ދަޅަތަކެއް ކަމަށް ވިދާޅުވިއެވެ.
ގާސިމް ވަނީ ބޭރުގައުމު ތަކުގެ ސިފައިން މިގައުމުގައި ބައިތިއްބާގެން ރައީސް ސާލިހު އުޅުއްވަނީ ގައިގަތެޔޮ ދަމަންތޯ ވެސް ސުވާލު ކުރައްވާފައެވެ.
25 އަހަރު ވަންދެން ރައްޔިތުންގެ މަޖިލީހުގައި އިނދެ، ގާނޫނު އަސާސީ އާއި ގާނޫނުތައް ދަނެ، ގައުމުގެ ރައީސްކަން ލިބުމުން ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ރައީސް ސާލިހް ކަނޑައެޅިގެން ހިލާފް ވެފައިވާކަމަށާއި މިއީ ރައްޔިތުންނަށް ދިން ކިހާބޮޑު ނިކަމެތިކަމެއް ކަމުގައި ވެސް ވިދާޅުވިއެވެ.
މާލެއާއި އަތޮޅުތެރެ ތަފާތެއް ނުކުރާނަށް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ