މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފި

މޫސުން ގޯސްވެ މެދު ރާއްޖެތެރެއަށް ޔެލޯ އެލާޓް ނެރެފިއެވެ.
ކ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދުގެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައިވަނީ 12:15 އިން ފެށިގެން ހަވީރު 04:15 އާ ހަމައަށެވެ. މެޓް އޮފީހުން ބުނެފައިވަނީ މިވަގުތުތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މެޓް އޮފީހުން މިއަދު ހެނދުނު ވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫސިޓީއާ ހަމައަށް މެންދުރު 02:15 ވަންދެން ޔެލޯ އެލާޓް ވެސް ނެރެފައެވެ.
މީގެއިތުރުން ހަވީރު 04:00 އާ ހަމައަށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ވަނީ ނެރެފައެވެ. އެގޮތުން އެވަގުތާ ހަމައަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށާއި އަދި ވައިގަދަވާނެކަމަށްވެސް ލަފާކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ