މޫސުން ގޯސް، ކ. އަތޮޅުން ފެށިގެން އައްޑު އަށް ވައިޓް އެލާޓު ނެރެފި

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަވެ، ގުގުރުމާ އެކު ބޯކޮށްވާރޭވެހި، ވައިގަދަވާނެތީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓު ނެރެފި އެވެ.
ވީ ކިހިނެއް؟ ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިރޭ ނެރެފައިވާ ވައިޓް އެލާޓުގައި ވާގޮތުން، އިރުއޮއްސި 6 އިން ފެށިގެން މިރޭ 11 ޖެހުމާ ހަމަޔަށް ކ. އަތޮޅުން ފެށިގެން އައްޑޫއާ ހަމަޔަށް ބޯކޮށްވާރޭވެހުމާ އެކު، 40 މޭލަށް ވައިގަދަވާނެ އެވެ.
ތަފްސީލް - މިރެއަށް ލަފާކޮށް މެޓުން ނެރެފައިވާ މޫސުމީ އެލާޓުގައިވާގޮތުން، މާދަމާ ހެނދުނު 6 އާ ހަމަޔަށް ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކުރުމާ އެކު ގުގުރާނެ އެވެ. އަދި ދެކުނާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެ އެވެ.
ވައިޖެހޭނެ ގޮތް ލަފާކޮށްފައިވާ ގޮތުން، ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި، ދެކުނުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އެހެން ހިސާބުތަކަށް ހުޅަނގާއި، ހުޅަނގު އުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ.
ރާޅުގެ އުސްމިން އުޅެނީ ދެކުނަށް ދެ ފޫޓާއި ހަތަރު ފޫޓު އުސްމިނުގައި އަދި މެދުރާއްޖެތެރެ އާއި އުތުރަށް، ތިން ފޫޓާއި ހަ ފޫޓު އުސްމިނުގަ އެވެ. މެޓުން ބުނީ، ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެން ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. މީގެ އިތުރުން، އެހެން ހިސާބުތަކުގެ ކަނޑުތައް ވެސް އަދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ