އެމްއޭސީއެލްގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމމުން ބުރަސްފަތި ދުވަހު އިސްތިއުފާ ދެއްވި މުހައްމަދު ލަމްއާން، އެމްޕީއެލްގެ ޑެޕިޔުޓީ ސީއީއޯގެ މަގާމަށް އައްޔަންކޮށްފި އެވެ.
ވީ ކިހިނެއް؟ - ޑެޕިޔުޓީ ސީއީއޯގެ އިތުރުން އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަގާމަށް ވެސް ލަމްއާން ވަނީ އިއްޔެ އައްޔަންކޮށްފަ އެވެ.
ތަފްސީލް - އެމްޕީއެލްގެ ބޯޑަށް ލަމްއާން އައްޔަނުކުރިއިރު، އެ ބޯޑުގައި އިންނެވި އިބްރާހިމް ޒިޔަތު ވަނީ ބޯޑުން ވަކިކޮށްފަ އެވެ.
ފާހަގަކުރެވޭ - މި މަހު ބޭއްވި ކައުންސިލް އިންތިހާބަށް ފަހު ސަރުކާރު ކުންފުނިތަކުގެ ހިންގުމަށް އަންނަނީ ބަދަލުތަކެއް ގެންނަމުންނެވެ. ބައެއް ކުންފުނިތަކުގެ ވެރިން ވަކިކުރައްވާފައިވާއިރު ބައެއް ބޭފުޅުން ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވައިފަ އެވެ. އަދި އެ ބޭފުޅުންގެ ބަދަލުގައި ކުންފުނިތަކަށް އާ ވެރިން އަންނަނީ ހަމަޖައްސަމުންނެވެ.
އެމްޕީއެލްގެ ޑެޕިޔުޓީ ސީއީއޯއަށް ލަމްއާން އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ