އައްޑޫ ސިޓީގައި ތިބެގެން، ނަފްސާނީ އިލްމު ނުވަތަ ސައިކޮލޮޖީގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް ރަނގަޅު ފުރުސަތުތަކެއް ވިލާކޮލެޖުން ހުޅުވާލާފިއެވެ.
ރާއްޖޭގެ މަތީ ތައުލީމު ފޯރުކޮށްދޭ އެންމެ ފާހަގަކޮށްލެވޭ އެއް މުއައްސަސާ ކަމަށްވާ ވިލާ ކޮލެޖުން، އެ ކޮލެޖުގެ ހިތަދޫ ކެމްޕަސް މެދުވެރިކޮށް ދަނީ ދާއިރާތަކުން ބޭނުންތެރި ގިނަ ކޯސްތަކެއް ހިންގަމުންނެވެ. މީގެ ތެރެއިންވެސް، ބެޗްލަރ އޮފް ސައިކޮލޮޖީ ޕްރޮގްރާމަކީ އެ ކޯހުގެ ފެންވަރާއި މުހިންމުކަމުގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ކޯހެކެވެ. ހާއްސަކޮށް، ދަރިވަރުންނަށް އަމަލީ ގޮތުންނާއި ފުރިހަމަ ގޮތުގައި މައުލޫމާތު ފޯރުކޮށްދިނުމަށް ރޭވިފައިވާ ‘ފޭސް-ޓު-ފޭސް’ ސެޝަންތަކަކީ ދަރިވަރުންގެ ބައިވެރިވުން އިތުރުކޮށްދޭ މުހިންމު ބައެކެވެ.
ފާއިތުވި އަހަރުތަކުގައި ހިތަދޫ ކެމްޕަހުން ވަނީ ސައިކޮލޮޖީގެ ދާއިރާއިން ގިނަ އަދަދެއްގެ ދަރިވަރުން ތަމްރީނުކޮށް، ކާމިޔާބުކަމާއެކު ދަސްވެނިކޮށްދީފައެވެ. މީގެ ތެރެއިން ގިނަ ދަރިވަރުން މިހާރުވެސް ދަނީ މި ދާއިރާގެ މުހިންމު ވަޒީފާތަކުގައި މަސައްކަތްކުރަމުންނެވެ. މިއީ މުޅި ރާއްޖޭގައިވެސް ނަފްސާނީ ދުޅަހެޔޮކަމުގެ ހިދުމަތްތަކަށް އޮތް ބޮޑު ބޭނުންތެރިކަމަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެކެވެ.
ވިލާ ކޮލެޖުން މިހާރު ވަނީ 2026 ވަނަ އަހަރުގެ މޭ މަހުގެ ސެޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި ކޯސްތަކަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 16 މޭ 2026 އެވެ. މި ދާއިރާއަށް އޮތް ޝައުގުވެރިކަން ބޮޑުކަމުން، ކޯހުން ފުރުސަތު ހޯދުމަށް ވީހާވެސް އަވަހަށް ފޯމު ހުށަހެޅުމަށް އެ ކޮލެޖުން ބޭނުންވާ ދަރިވަރުންނަށް އިލްތިމާސްކުރެއެވެ.
ވިލާ ކޮލެޖުގެ ސައިކޮލޮޖީ ޕްރޮގްރާމަށް ލިބެމުންދާ ކާމިޔާބީގެ މައިގަނޑު ސަބަބަކީ އެ ކޮލެޖުގައި ތިއްބެވި ތަޖުރިބާކާރު މުދައްރިސުންނެވެ. މީގެ ތެރޭގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ މަތީ ފެންވަރުގެ ލެކްޗަރާއިން ހިމެނެއެވެ. މިގޮތަށް ދިވެހި އަދި ބޭރުގެ މާހިރުންގެ އިލްމީ އެހީތެރިކަން ލިބުމަކީ، ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ، ފުރިހަމަ ތައުލީމެއް ދަރިވަރުންނަށް ކަށަވަރުކޮށްދޭ ކަމެކެވެ.
މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށްޓަކައި، ވިލާ ކޮލެޖުގެ ހިތަދޫ ކެމްޕަހުން ސިސްސިލާކޮށް “ޓީ އެންޑް ޓޯކް” ގެ ނަމުގައި ހުޅުވާލެވިފައިވާ ޚާއްސަ ހަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތުގެ ފުރަތަމަ ސެޝަން 2 މެއި 2026 ވާ ދުވަހުގެ ހަވީރު 4:30 ގައި، އެ ކޮލެޖުގެ ހިތަދޫ ކެމްޕަހުގައި އޮންނާނެއެވެ.
ނުރަސްމީ އަދި ގާތް މާހައުލެއްގައި ކުރިއަށްދާ މި ބައްދަލުވުމުގެ މަގުސަދަކީ، ސައިކޮލޮޖީ ޕްރޮގްރާމާ ބެހޭ މައުލޫމާތާއި، މި ދާއިރާގެ ވަޒީފާގެ ފުރުސަތުތަކުގެ އިތުރުން ދަރިވަރުންގެ ތަޖުރިބާ ހިއްސާކުރުމެވެ.
ނަފްސާނީ ދުޅަހެޔޮކަމަށް މީހުން ހޭލުންތެރިވަމުންދާ މިންވަރު އިތުރުވުމާއި އެކު، ސައިކޮލޮޖީ ނުވަތަ ނަފްސާނީ އިލްމަކީ މިއަދު އިންތިހާއަށް މުހިންމު ދާއިރާއަކަށް ވަނީ ވެފައެވެ. ވިލާ ކޮލެޖުގެ ހިތަދޫ ކެމްޕަހުން ދަނީ މި ދާއިރާއިން ފެންވަރު ރަނގަޅު ތައުލީމު ފޯރުކޮށްދީ، މި މުހިންމު ރޮނގުން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް އަގުހުރި ފުރުސަތުތަކެއް ފަހިކޮށްދެމުންނެވެ.
ވިލާ ކޮލެޖްގެ “ކޮމިޔުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕް” މިލްސަން އާއި ސުފާނީ އަށް “ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕް” އަށް ކުރިމަތިލުމުގެ ފުރުޞަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފި މަގުބޫލު ލިޔުންތައް ފޭދޫ ސްކޫލުގައި އަލިފާން ރޯވެ އަދަނީ! ފްލައިޓެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ