މިލަންދޫ ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ

ށ. މިލަންދޫގައި ތަރައްޤީކުރާ ޑޮމެސްޓިކް އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢުގެ 90 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.
ސަރުކާރުން ހާމަކުރައްވާ ގޮތުގައި އެއާޕޯޓު އެޅުމަށް މިލަންދޫގެ ބިން ކަނޑައަޅާފައިވަނީ މެދުރާސްތާއާއި ދުރުރާސްތާގައިވެސް ރަށުގެ ބިން އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރެވޭނެ ގޮތަށް ބަލައިގެންނެވެ. އެއާޕޯޓު ތަރައްޤީ ކުރުމަށްޓަކައި މިހާރު ބޭނުންކުރާ ބަނދަރު އެހެން ސަރަހައްދަކަށް ބަދަލުކުރަން ޖެހޭއިރު، އެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރެއިން ޑިޒައިން ކުރެވިގެން ކުރިއަށްދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ