އުފެއްދިތާ 6 މަސް ފަހުން ބޭސް ކުންފުނިން ބޭސް އެތެރެކުރަން ފަށައިފި

ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މަސައްކަތަށް ޚާއްސަކޮށް، "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި، އާ ކުންފުންޏެއް އުފެއްދިތާ ހަ މަސް ފަހުން އެ ކުންފުނިން ބޭސް އެތެރެކުރަން ފަށައިފިއެވެ. ބޭސް ކުންފުނި އުފައްދާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހެވެ. އޭގެފަހުން މިހާރު ހަ މަސް ފާއިތުވިއިރު، މިދިޔަ ހޯމަ ދުވަހުގެ ރޭ ދައުލަތުގެ މީޑިއާގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ބޭހަށް ޚާއްސަ ކުންފުނިން މިހާރު ބޭސް އެތެރެކުރަން ފަށައިފި ކަމަށެވެ. އަދި ރަށްރަށަށް ބޭނުންވާ ބޭސް ވެސް އެ ކުންފުނިން މިހާރު ސަޕްލައިކޮށްދެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިހާރު އެ ކުންފުނީގެ މަސައްކަތް ފެށިގެން އެބަ ކުރިއަށްދޭ. ބޭސް އެތެރެކުރުމުގެ މަސައްކަތް ފަށައިފި. އެ ކުންފުނިން ވަރަށް އަވަހަށް ކުރިއެރުންތަކުގެ މައުލޫމާތުތައް ހިއްސާކޮށްދޭނެ. މިހާރު ބައެއް ބޭސްތައް ކުންފުނިން އެތެރެކޮށްގެން ސަޕްލައިކުރަން ފަށައިފި ރަށްރަށަށް، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ނާޒިމް ވިދާޅުވި ގޮތުގައި ކަމަށް ޚާއްސަ ވަކި ކުންފުންޏެއް އުފެއްދުމުގެ ނަތީޖާއަކަށް ވާނީ މުޅި ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ، އެކަމަށްޓަކައި 'ފޯކަސް' ކުރެވިގެން މަސައްކަތްކުރާނެ ޚާއްސަ ބަޔަކު ތިބުމެވެ. ރާއްޖެއިން ބައެއް އާއްމު ބަލިތަކަށް ބޭސް ނުލިބޭ މައްސަލައަކީ ރައްޔިތުން އެކަމުގެ ކަންބޮޑުވުން ފާޅުކުރާ މައްސަލައެކެވެ. ދޭތެރެއަކުން ބޭސް ހުސްވެ، ނުލިބޭ ކަމުގެ ޝަކުވާ ފެންމަތިވެއެވެ. އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ވެސް އެތައް ގަރާރަކާއި، އެތައް މައްސަލައެއް ހުށަވެސްހެޅިއެވެ. https://sun.mv/211067 ކަން އެހެން އޮއްވައި ބޭހަށް ޚާއްސަ ކުންފުނި އުފެއްދި ފަހުން ވެސް އެ މައްސަލަތައް ދިމާވިއެވެ. އޭރު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ ބޭސް އެތެރެކުރަމުން އަންނަ ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ދަށުން ބޭސް ކުންފުންޏަށް ހުރިހާ މަސައްކަތެއް ބަދަލުކުރުމަށް ވަގުތު ނަގާތީ މަސައްކަތް ނުފެށި ލަސްވަނީ ކަމަށެވެ. މިހާރު ވެސް ސައްތައިންސައްތަ ސަރުކާރު ކުންފުންޏެއްގެ ގޮތުގައި، އެސްޓީއޯއިން އަންނަނީ ރާއްޖެއަށް ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގެނެސް ވިއްކަމުންނެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެސްޓީއޯގެ ބޭސް ފިހާރަތައް ވެސް ވަނީ ގާއިމްކޮށްފައެވެ. އެސްޓީއޯއިން ވަނީ ހުރިހާ ބޭސްފިހާރަތަކެއް، ބޭސް ކުންފުނީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ވެސް މިއަހަރު ފަށައިފައެވެ. ފާހަގަކުރެވޭ ގޮތުގައި، ރާއްޖެއިން ފެންވަރު ރަނގަޅު ބޭސް ލިބޭނެ ގޮތް ކަށަވަރު ކުރުމަށް ޓަކައި، ޔޫރަޕްގެ ގައުމުތަކުގައި ބޭނުންކުރުމަށް އެގައުމުތަކުގެ ސިއްހީ އިދާރާތަކުން ހުއްދަދީފައިވާ ބޭސް ފުރަތަމަ ފަހަރަށް ވިއްކަން ފެށިކަން ސަރުކާރުން ހާމަކުރީ ޖުލައި 22، 2024ގައެވެ. އޭރު ސަރުކާރުން ބުނީ ޔޫއެންޑީޕީއާ ގުޅިގެން ފެންވަރު ރަނގަޅު ބޭސް ޕޫލް ޕްރޮކިއުމެންޓެއްގެ ތެރެއިން، ބަލްކް ޕްރޮކިޔޮކޮށް ގެންނަން ފަށައިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ