އަސްމާގެ ކޮއްކޮ ސަލްމާ ވެސް މަގާމުން ވަކިކޮށްފި

ޖެނީވާގައި ހުންނަ އދ. އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވެސް މަގާމުން ވަކިކޮށްފިއެވެ.
ސަލްމާއަކީ އަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ކޮއްކޮއެކެވެ. ސަލްމާ ވަކިކޮށްފައި މިވަނީ ނިމިދިޔަ ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ވޯޓު ނުދިނުމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބު ނުކުރެވޭނެ ކަމަށް އަސްމާ ވާހަކަދައްކަވާ އޯޑިއޯއެއް ލީކުވެފައިވާ ދަނޑިވަޅެއްގައެވެ.
ސަލްމާ މަގާމުން ވަކިކޮށްފައިވާކަން ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ ”ހަފްތާ“އަށް ކަށަވަރުކޮށްދެއްވައިފައެވެ.
ސަލްމާގެ އިތުރުން އަސްމާގެ ހަގު ދަރިކަލުން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.
ސަލްމާ އަދި މުންދު ވެސް މަގާމުތަކަށް އައްޔަންކުރައްވާފައިވަނީ 2024 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ