އުފާ ފާޅުކުރާ ޖަލްސާއަށް ނަޝީދު ވަޑައެއްނުގަން، އިނީ "ހުސް ގޮނޑި" އެއް

ހޮނިހިރު ދުވަހުގެ އިންތިޚާބުން އިދިކޮޅު އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ ބާއްވާ 'ހޭވައްލާ ތައްޔާރު' ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ވަޑައިނުގެން، ބޮއިކޮޓް ކުރައްވައިފިއެވެ. މިރޭގެ ޖަލްސާގައި ނަޝީދު ވާހަކަފުޅުދެއްކެވުމަށް ފުރުސަތު ނުދެއްވުމުގެ ސަބަބުން، އެ ޕާޓީގެ އެތެރެ ވަނީ ހޫނުވެފައެވެ. ކަން އެހެން އޮއްވައި، މިރޭގެ ޖަލްސާ ފެށުނު އިރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާގެ މެދުގައި އިނީ ހުސް ގޮނޑިއެކެވެ. ނަމަވެސް ޖަލްސާ ފަށައި ކުޑައިރުކޮޅެއް ތެރޭ، އެ ގޮނޑި ވަނީ ނަގައިފައެވެ. އެމަނިކުފާނުގެ ނުރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވެސް ވިދާޅުވީ މިރެއަކީ އުފާވެރި ރެއަކަށް ވިޔަސް، އެމަނިކުފާނު ހިތްދަތިވެފައިވާ ކަމަށެވެ. https://x.com/anedhivehirajje/status/2041180406704488854 އިތުރު ތަފްސީލް އަންނަނީ،،،
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ