ވަގުތީ ސުލްހައިގެ އެއްބަސްވުމަށް އީރާނުން ދެކޮޅު ހަދައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަންގާރަ ދުވަހުގެ ރޭގެ ނިޔަލަށް ދުނިޔޭގެ ހަކަތައިގެ މުހިންމު މަގެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި ނުހުޅުވައިފިނަމަ، އީރާނަށް މީގެ ކުރިން ނުދޭވަރުގެ ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ. ނަމަވެސް އީރާނުން ވަނީ ޕާކިސްތާން މެދުވެރިކޮށް 10 ނުކުތާގެ މައްޗަށް އެކުލެވޭ ހުށަހެޅުމެއް ފޮނުވާފައެވެ. އޭގެ ތެރޭގައި ސަރަހައްދީ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމާއި، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، އަދި ގައުމު އަލުން ބިނާކުރުން ހިމެނެއެވެ.
ޕާކިސްތާނުގެ އަސްކަރީ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރު ވަނީ އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސްއާއި އީރާނުގެ ފޮރިން މިނިސްޓަރާ މުވާސަލާތުކޮށް، ސުލްހައިގެ އޮނިގަނޑެއް އެކުލަވާލުމަށް މަސައްކަތް ކޮށްފައެވެ. އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުގައި އީރާނާ ދެކޮޅަށް ހިންގާ "އޮޕަރޭޝަން އެޕިކް ފިއުރީ" އަދިވެސް ދަނީ ކުރިއަށެވެ.
ހަމަލާތަކުގެ ތެރޭގައި އީރާނުގެ ޓެކްނޮލޮޖީ ޔުނިވަރސިޓީގެ ޑޭޓާ ސެންޓަރަށާއި، ބައެއް އެއާޕޯޓްތަކަށް ވަނީ ހަމަލާދީފައެވެ. އަދި އީރާނުގެ އިންޓެލިޖެންސް ވެރިޔާ މަޖީދު ޚާދިމީ އަވަހާރަވެފައިވާއިރު، އިސްރާއީލުން ވަނީ އެކަމުގެ ޒިންމާ އުފުލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ