ފުލުހުންގެ ހިދުމަތުގައި 30 އަހަރު ހޭދަކުރެއްވި އަހުމަދު މުހައްމަދު ސީޕީގެ މަގާމަށް “ފްރެޝް ލައިޓް” އިން ފެނުނު މީހާގެ މަރުގައި ޝައްކުތަކެއް، އޮޓޯޕްސީ ހަދަނީ ސަރުކާރުގެ އަމާޒަކީ ގައުމަށް ބޭނުންތެރި ހިދުމަތްތެރި ފުލުހުން އުފެއްދުން: ރައީސް މީސްމީޑިއާގައި މީ

މާލޭގެ ހެންވޭރު ކަޅުހުރާ މަގުގައި ހުރި ގެއެއްގެ ކައިރިން، ހަބަރު ހުސްވެފައި އޮތް ބިދޭސީ ފިރިހެނަކު ފެނިގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ. އެ މީހާ ފެނުނުއިރު އަނގައިން ލޭ އަންނަމުން ދިޔަ ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން ބުންޏެވެ، މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ މިއަދު އިރުއޮއްސި 18:18 ހާއިރުއެވެ. ކަޅުހުރާ މަގު ގެއެއްގެ ދޮރުމަތީގައި ހަބަރު ހުސްވެފައި އޮތް މީހަކު އޮތްކަމުގެ ރިޕޯޓު ލިބުމާއެކު، ފުލުހުން ވަގުތުން އެ ސަރަހައްދަށް ގޮސް އެ މީހާ ހޮސްޕިޓަލަށް ގެންދިއުމުގެ ކަންކަން ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެ މީހާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނައިރު، އޭނާގެ ސިއްހީ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް ހޮސްޕިޓަލުން އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި އެ މީހާއަށް އެ ހާލަތު މެދުވެރިވި ސަބަބެއް ސާފުވެފައި ނުވާއިރު، ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ