ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުން އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ ބާއްވާ ޖަލްސާގެ އެޖެންޑާއިން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަން ކުއްލި ގޮތަކަށް އުނިކޮށްފިއެވެ. އެޖެންޑާއަށް މި ބަދަލު ގެނައުމާ ގުޅިގެން، މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިނުގަތުމަށް ރައީސް ނަޝީދު ވަނީ ނިންމަވާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ޖަލްސާގެ އެޖެންޑާ ކުރިން އޮތް ގޮތުން ރައީސް ނަޝީދު ވާހަކަދައްކަވާ ގޮތަށް އޮތީ ތާވަލުކޮށްފައެވެ. ނަމަވެސް އެޖެންޑާއަށް ފަހުން ގެނައި ބަދަލާއެކު، އެމަނިކުފާނަށް ވާހަކަދެއްކުމުގެ ފުރުސަތު ނުދޭން ވަނީ ނިންމާފައެވެ. ރައީސް ނަޝީދަކީ އިންތިޚާބުގެ ކެމްޕެއިނުގައި އެންމެ އިސްކޮށް އުޅުއްވި އަދި ޕާޓީ ހިންގުމުގައި ބޮޑު ދައުރެއް އަދާކުރައްވާ ބޭފުޅެކެވެ.
މިރޭ ބާއްވާ ކާމިޔާބީގެ ޖަލްސާގައި ރައީސް ނަޝީދުގެ ބަދަލުގައި ދެން ވާހަކަދައްކަވާނީ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި، ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރެވެ. ޕާޓީގެ އެތެރޭގެ މި ބަދަލާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ރައީސްގެ ދަރިކަލުންގެ ހައްގު ގެއްލުނު މައްސަލަ: ފައްޔާޒާއި މަންދީގެ ފަރާތުން ހައިކޯޓަށް އެމްޑީޕީ މެމްބަރުން “ރަޖާލައިގެން” ތިބިކަމަށް ވިދާޅުވުމުން އާޒިމަށް މާރިޔާ ރައްދުދީފި އެމްޑީޕީ ވަގުތީ ޗެއާޕާސަންކަމަށް ވަހީދު ނުހޮވުނު އެމްޑީޕީގެ 33 ޕަސަންޓް ޓިކެޓް ޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ