އެމްޑީޕީ ގައުމީ މަޖިލީހުން ނަޝީދަށް ގޮނޑިއެއް، ޕާޓީ ހިންގަން ދެ ރައީސުން ހިމެނޭ ކޮމެޓީއެއް ކަނޑައަޅައިފި

އިދިކޮޅު މައި ޕާޓީ އެމްޑީޕީ ހިންގުމަށް ޓަކައި ލަފާދޭ ހާއްސަ އިންޓަރިމް ކޮމެޓީއެއް އެކުލަވާލައި، އެ ކޮމެޓީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ހިމެނުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ. "ސަން" އަށް އެނގިފައިވާ ގޮތުގައި، މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމުގައި މި ނިންމުން ނިންމާފައިވަނީ ޕާޓީގެ ދާއިމީ ޗެއާޕާސަންއަކު އިންތިޚާބު ކުރެވެންދެން ޕާޓީ ހިންގުމުގައި މިހާރުގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ)އަށް ލަފާދިނުމަށެވެ.މި ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ: ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވަގުތީ ޗެއަރޕާސަން މުހައްމަދު އަސްލަމް (ގަފޫރު) ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މި ހުރިހާ ކަންކަމެއް ނިންމާފައިވަނީ ވަގުތީ ޗެއާޕާސަން ގަފޫރު ހުށަހެޅުއްވި ގަރާރަކުންނެވެ. މި ގަރާރަށް ތާއީދު ކުރެއްވީ އިބްރާހީމް ޝަރީފް (ފިއްޓެ) އެވެ. މިރޭގެ ބައްދަލުވުމަކީ ވަރަށް ކުރު ބައްދަލުވުމެކެވެ. އެއްވެސް ބަހުސަކާ ނުލައި ކުރިއަށްދިޔަ މި ޖަލްސާ ނިންމާލާފައިވަނީ 10 މިނެޓް ވެސް ނުވަނީސް ވޯޓަށް އެހުމަށްފަހުގައެވެ. މި ނިންމުމާއެކު، އެމްޑީޕީގެ އެތެރޭގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ