އުރީދޫގެ އުމްރާ ދަތުރު: މިފަހަރުގެ ނަސީބުވެރިޔަކީ އައްޑޫ މީހެއް! ސްކޫލު ބަންދާ ދިމާކޮށް 7000 މީހުން އުމްރާއަށް: ރައްކާތެރިވުމަށް އެޗްޕީއޭގެ ހާއްސަ އިރުޝާދުތަކެއް ވިލިގިނލީ ދާއިރާގެ މަޖިލީސް މެންބަރު ދެއްވާ އުމްރާ ދަތުރު ލިބޭ ދެ ފަރާތް ހޮވައިފި އުމްރާއަށް

ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށް އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ގޮސް އުޅުނު ދިވެއްސަކު މައްކާގައި ނިޔާވެއްޖެއެވެ. މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ ހދ. ވައިކަރަދޫ، އުމުރުން 86 އަހަރުގެ މުހައްމަދު ހަސަންއެވެ.
އޭނާ ނިޔާވެފައިވަނީ ބަލި ހާލަތު ގޯސްވެގެން މައްކާގެ އަލް ނޫރު ސްޕެޝަލިސްޓް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކުރީ މި މަހުގެ 17 ވަނަ ދުވަހުއެވެ. މުހައްމަދު ހަސަން އުމްރާގެ އަޅުކަމަށް ރާއްޖެއިން ފުރާފައިވަނީ ގިބްލަ އުމްރާ ގްރޫޕުގެ ހަވާލުގައި މި މަހުގެ ނުވަ ވަނަ ދުވަހުއެވެ.
މި ދުވަސްވަރަކީ ސްކޫލްތަކުގެ ބޮޑު ޗުއްޓީ ދުވަސްވަރު ކަމަށްވުމުން، ރެކޯޑު އަދަދަކަށް ދިވެހިން އަންނަނީ އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާގައި ހަރަކާތްތެރިވަމުންނެވެ. އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި ޗުއްޓީއާ ދިމާކޮށް 7،000 އަށް ވުރެ ގިނަ ދިވެހިން ސައުދީއަށް ގޮސްފައިވެއެވެ. މީގެ ކުރިން މިޑް ޓާމް ޗުއްޓީގައި ވެސް 3،000 އަށް ވުރެ ގިނަ މީހުން އުމްރާއަށް ދިޔަކަން ފާހަގަކުރެވެއެވެ.
އުމްރާ މޫސުމާ ދިމާކޮށް ގިނަ ބަޔަކު އެއްތަނަކަށް ޖަމާވެ އުޅުމަށްފަހު އެނބުރި ގައުމަށް އަންނަ ދުވަސްވަރަކީ އާންމުކޮށް ރޯގާ އާއި އެހެނިހެން ބަލިތައް ފެތުރުން އިތުރުވާ ދުވަސްވަރެކެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، ސިއްހީ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ