މުއިއްޒު އާއި ސާޖިދާ ކުރައްވާ ނުރަސްމީ ދަތުރުތަކުގެ ހަރަދުގެ ތަފްސީލް ރައީސް އޮފީހުގައި ނެތް

މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ކުރައްވާ ނުރަސްމީ ދަތުރުތަކުގެ ތަފްސީލް ރައީސް އޮފީހުން ނުބަލަހައްޓާ ކަމަށް އެ އޮފީހުން މިއަދު ބުނެފި އެވެ. 
މުއިއްޒު އާއި ސާޖިދާ ކުރައްވާފައިވާ ނުރަސްމީ ދަތުރުތަކުގެ ތަފްސީލް ހޯދުމަށް އަދަދު ނޫހުން ހުށަހެޅި އާރްޓީއައިއަށް ރައީސް އޮފީހުން ޖަވާބު ނުދީގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބޭއްވި އަޑުއެހުމުގައި ރައީސް އޮފީހުގެ އިންފޮމޭޝަން އޮފިސަރު އައިޝަތު އަގީދާ ވިދާޅުވީ މުއިއްޒު ކުރައްވާ ނުރަސްމީ ދަތުރުތަކުގެ ތަފްސީލްތައް އެ އޮފީހުން ނުބަލަހައްޓާ ކަމަށާއި އެ އޮފީހުން ބަލަހައްޓަނީ މުއިއްޒު ކުރައްވާ ރަސްމީ ދަތުރުތަކުގެ ތަފްސީލްތައް އެކަނި ކަމަށެވެ. 
"ރައީސުލްޖުމްހޫރިއްޔާ ނުރަސްމީކޮށް އެ ކުރައްވާ ދަތުރުފުޅުތަކާއި ޗުއްޓީގައި އެ ހޭދަކުރައްވާ ތަންތަނާއި އެ ތަންތަނުގެ މައުލޫމާތަކީ އަދި ދަތުރުފުޅުތަކުގެ ހަރަދަކީ މި އޮފީހުގައި ގެންގުޅެ ބަލަހައްޓާ މައުލޫމާތުގެ ތެރޭގައި ހިމެނޭ މައުލޫމާތު ނޫން ކަމަށް،" ރައީސް އޮފީހުގެ 
އަދަދު ނޫހުން ހުށަހެޅި ރިކުއެސްޓާ ގުޅިގެން ރައީސް އޮފީހުން މިހާތަނަށް ހާމަކޮށްފައިވަނީ މުއިއްޒު ނުރަސްމީކޮށް ދަތުރުކުރެއްވި ހަތް ގައުމުގެ ނަން އެކަންޏެވެ. ނަމަވެސް އެ ދަތުރުތަކަށް ހަރަދުވި ވަރެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ. 
މީގެއިތުރުން ސާޖިދާ ކުރެއްވި ރަސްމީ އަދި ނުރަސްމީ ދަތުރުތަކުގެ އެއްވެސް ތަފްސީލެއް ރައީސް އޮފީހުން މިހާތަނަށް ހާމަކޮށްފައިނުވެ އެވެ. އެކަމާ ގުޅިގެން ރައީސް އޮފީހުން ބުނީ ސާޖިދާ މިހާތަނަށް ކުރެއްވި ރަސްމީ ދަތުރުތަކަކީ ދައުވަތު ލިބިގެން ކޮށްފައިވާ ދަތުރުތަކަށްވާތީ އެ ދަތުރުތަކަށް ހަރަދު ނުހިނގާ ކަމަށެވެ. 
ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރު އަހްމަދު އާހިދު ވަނީ މުއިއްޒު ކުރައްވާފައިވާ ނުރަސްމީ ދަތުރުތަކާއި ސާޖިދާ ކުރައްވާފައިވާ ރަސްމީ އަދި ނުރަސްމީ ދަތުރުތަކުގެ ތަފްސީލު މާދަމާއިން ފެށިގެން 14 ދުވަސް ތެރޭގައި ހާމަކުރަން ރައީސް އޮފީހަށް އަންގާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ