ރާއްޖޭގައި ޑާޒަލެކްސްގެ ފޭކް އިންޖެޝަންތަކެއް ހުރިކަން ފާހަގަވެ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ކަމަށްވާ ޑަބްލިއުއެޗުއޯއިން އިންޒާރެއް ނެރެފި އެވެ.
އެނގުން މުހިންމު - ޑާޒަލެކްސްއަކީ ލޭގެ ބަލިތަކާއި ބޯންމެރޯއަށް އަސަރުކުރާ ކެންސަރު ފަދަ ބަލިތަކަށް ފަރުވާކުރުމަށް ބޭނުންކުރާ ބޭހެކެވެ.
ވީކިހިނެއް؟ - ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗުއޯ)ގެ ރަސްމީ ވެބްސައިޓްގައި މިދިޔަ ހުކުރު ދުވަހު މި އިންޒާރު ނެރެފައިވަނީ ރާއްޖެ އާއި މެކްސިކޯގައި މި ބާވަތުގެ ފޭކް އިންޖެކްޝަންގެ ދެ ބެޗެއް ހުރި ކަމުގެ މައުލޫމާތު ޑަބްލިއުއެޗުއޯއަށް ލިބިގެނެވެ.
ތަފްސީލް - ޑަބްލިއުއެޗުއޯއިން ބުނީ މި ފޭކް ބެޗުތަކަކީ ޑިސްޓްރިބިއުޓް ކުރުމުގެ ހުއްދަ ނެތް ބަޔަކު އެތެރެކޮށްގެން ވިއްކަމުންދާ ތަކެތި ކަމަށެވެ. އަދި އެއީ އުފެއްދި ތަނާއި ގެނައި ތަން ގަސްތުގައި އޮޅުވާލާފައި ހުރި ތަކެތި ކަމަށް ވެސް ޑަބްލިއުއެޗް=ުއޯއިން ބުންޏެވެ. އެ ގޮތުން:
ބެޗު ނަންބަރު MYS7381 އަދި STV1K01 ހިމެނޭ އިންޖެކްޝަންތަކަކީ ފޭކްތަކެއް ކަމަށް އިންޖެކްޝަން އުފައްދާ އަސްލު ކުންފުނި ޖޭންސެނުން ބުނެފައިވޭ
އޭގެ ތެރެއިން STV1K01 ބެޗު ރާއްޖޭން ފެނިފައިވާކަމުގެ މައުލޫމާތު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފައިވޭ
މީގެ އިތުރުން، ފާހަގަކޮށްފައިވަނީ:
އެ ދެ ބެޗުގެ އިންޖެކްޝަންތަކުގެ ލެބް ޓެސްޓްތައް ހަދާފައިނުވާތީ އޭގެ އަސަރުތައް ދެނެގަނެވިފައެއްނުވޭ؛ އޭގެ ތެރޭގައި ހަށިގަނޑަށް ގެއްލުން ލިބޭ މާއްދާތަކެއް ހުރެދާނެކަމުގެ ބިރުވެރިކަން ވެސް އެބަ އޮތް
ރާއްޖޭން ފެނިފައިވާ ބެޗުގެ އިންޖެކްޝަންތައް ބޭނުންކުރުމުގެ ސަބަބުން އިންފެކްޝަން އުފެއްދުމާއި މީހާ ބަލިކޮށްލުން ފަދަ އަމާލާތްތަކެއް ފެނިފައިވޭ
ރާއްޖޭގައި ޑާޒަލެކްސްގެ ފޭކް އިންޖެކްޝަންތަކެއް ފެނިގެން ޑަބްލިއުއެޗުއޯއިން އިންޒާރު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ