މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީން ފެށި ޖޮބް ފެއާގައި ޓްރީ ޓޮޕްގައި ހުރި ފުރުސަތުތަކާ ގުޅޭ މައުލޫމާތު ލިބެން ހުންނާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
’އެމްއެންޔޫ ފަހި ފުރުސަތު‘ގެ ނަމުގައި ކުރިއަށްދާ މި ފެއާގައި ޓްރީ ޓޮޕްގެ ސްޓޯލުން ހޮސްޕިޓަލުގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން، ވަޒީފާ ހޯދާ ފަރާތްތަކާއި ދަރިވަރުންނަށް ސިއްހީ ދާއިރާގެ މަސައްކަތްތަކުގެ އަމަލީ ތަޖުރިބާ ހިއްސާކޮށް، ކުރިއަށް ދާނެ ދާއިރާއެއް އިހުތިޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
އެ ހޮސްޕިޓަލުން ބުނީ ވަޒީފާދޭ ފަރާތްތަކާއި، ދާއިރާގެ މާހިރުންނާއި، ދަސްވެނިން އަދި ވަޒީފާ ހޯދާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ މި ހަރަކާތަކީ މުހިންމު ހަރަކާތެއް ކަމަށެވެ. އަދި މިއީ ކުރިއަށްދާން ބޭނުންވާ ދާއިރާތަކުން ހުރި ފުރުސަތުތައް ދެނެގަތުމަށާއި، މަސައްކަތުގެ މާހައުލާ ގުޅޭ މައުލޫމާތު ހޯދުމަށްލިބޭ އަގުހުރި ފުރުސަތެއް ކަމަށް ވެސް ބުންޏެވެ.
މި ފެސްޓިވަލްގައި ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ މަސައްކަތްތެރިކަން ތަރައްގީކުރުމަށް އެއްބާރުލުންދިނުމާއި، ހުނަރުވެރި ޒުވާނުން ބިނާކުރުމެވެ.
މި ޖޮބް ފެއާ ކުރިއަށް ދާނީ ހުކުރު ދުވަހުގެ ނިޔަލަށް ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 10 އަށް އެމްއެންޔޫ ސެންޓްރަލް ބިލްޑިންގުގަ އެވެ.
ޓްރީ ޓޮޕްގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު އެމްއެންޔޫ ޖޮބް ފެއާއިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ