އެޑިއުކޭޝަން ކޮންސަލްޓަންސީ އެޖެންސީ، މައި ކިއު ސްޓަޑީން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ސްޓަޑީ ފެއާ އިއްޔެ ފަށައިފި އެވެ.
އެ އެޖެންސީއިން ބުނީ މާދަމާގެ ނިޔަލަށް ބާއްވާ އެ ފެއާގައި ދުނިޔޭގެ އެކި ގައުމުތަކުގެ ޕަބްލިކް އަދި ޕްރައިވެޓް ޔުނިވާސިޓީތަކުން ބައިވެރިވާ ކަމަށެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެންމެ ގަދަ 100 އިން ފެށިގެން 300 އާ ހަމައަށް ލިސްޓު ކޮށްފައިވާ އެކި ޔުނިވާސިޓީތައް ހިމެނޭކަން ފާހަގަކުރި އެވެ.
މިއީ ދަރިވަރުންނަށް އެ ޔުނިވާސިޓީތައް ތަމްސީލްކުރާ ފަރާތްތަކާ ބައްދަލުކުރަން ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށް މައި ކިއު ސްޓަޑީއިން ބުންޏެވެ. އަދި މި ހަރަކާތުގެ ތެރެއިން ޔުނިވާސިޓީތަކަށް އެޕްލައި ކުރުމުގެ ފުރުސަތު ލިބޭނެކަން ވެސް ފާހަގަކުރި އެވެ. އެ ހަރަކާތުގެ ތެރެއިން މައި ކިއު ސްޓަޑީ މެދުވެރިކޮށް މަތީތައުލީމަށް ދާ ދަރިވަރުންނަށް އެ އެޖެންސީން ހިލޭ ފްލައިޓް ޓިކެޓު ހަމަޖައްސައި ދިނުން ނުވަތަ ވިސާއަށް ދާ ހަރަދު އަނބުރާ ދިނުން ނުވަތަ ވަގުތުން ޔުނިވާސިޓީ އަށް އެޕްލައިކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
ފެއާގައި އަންތަރާ ގްރޫޕުގެ މަޝްހޫރު ހޮސްޕިޓާލިޓީ އެންޑް ބިޒްނަސް މެނޭޖްމަންޓް ސްކޫލުން ވަނީ ބައިވެރިވެފަ އެވެ. އަދި އެ ފެއާގައި އިންޑިއާ، ޖަޕާން، އޮސްޓްރޭލިއާ، ނިއުޒިލޭންޑް، ސިންގަޕޫރު އަދި ޔޫކޭ ފަދަ އެކި ގައުމުތަކުގެ ޔުނިވާސިޓީތަކުން ވަނީ ބައިވެރިވެފަ އެވެ.
ބާސެލޯ ނަސަންދުރާގައި ކުރިއަށް ދާ މި އެކްސްޕޯ މާދަމާ ހަވީރު 5 އިން ރޭގަނޑު 10 އަށް ކުރިއަށް ދާނެ އެވެ. އަދި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލްގައި އަންނަ ހޮނިހިރު ދުވަހު ޔުނިވާސިޓީ އެޕްލިކޭޝަން ހަރަކާތެއް އޮންނާނެ އެވެ.
އެ އޭޖެންސީއިން ބުނީ މައި ކިއު ސްޓަޑީ އަކީ އެ ފަދަ އެހެން އޭޖެންސީތަކާ ހިލާފަށް ދަރިވަރުންނަށް ބޭނުންވާ ހުރިހާ ހިދުމަތްތަކެއް ފޯރުކޮށްދޭ ފަރާތެއް ކަމަށެވެ. އެގޮތުން މައި ކިއު ސްޓަޑީއިން ޔުނިވާސިޓީތަކުން އެޑްމިޝަން ހޯދައި ދިނުމުގެ އިތުރުން ދަރިވަރުންނަށް އިތުރު ފީއަކާއި ނުލާ ވިސާ އެޕްލިކޭޝަންގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ހިދުމަތާއި އެކޮމޮޑޭޝަން ހަމަޖައްސައި ދިނުމާއި، އެއާޕޯޓް އެރައިވަލް އަދި ޑިޕާޗާ ސަޕޯޓާއި މެޑިކަލް ޗެކަޕްގެ ގައިޑެންސާއި ބެން އެކައުންޓު ހުޅުވުމުގެ އެސިސްޓަންސާއި އަނބިމީހާ ނުވަތަ ފިރިމީހާއަށް ވިސާ ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދެ އެވެ.
މައި ކިއު ސްޓަޑީ އަކީ މެލޭޝިއާގެ އެންމެ ކުރީ ސަފުގައި ހިމެނޭ މިފަދަ ކޮންސަލްޓަންސީ އޭޖެންސީ އެވެ.
މައި ކިއު ސްޓަޑީއިން ކިޔަވަން ދާން ބޭނުންވާ ފަރާތްތަކަށް އިތުރު ސަޕޯޓް ފޯރުކޮށްދޭނެ ޓީމެއް ރާއްޖޭގައި ވެސް ހަރަކާތްތެރިވެ އެވެ. އެ އޭޖެންސީގެ އިތުރު މައުލޫމާތު 9222833 އިން ލިބޭނެ އެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ސްޓަޑީ ފެއާ، މައި ކިއު ސްޓަޑީ އެކްސްޕޯ ކުރިއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ