އެމްޑީޕީން ތިބޭނީ ރައްޔިތުންނާ އެކީގައި: ނަޝީދު
އެމްޑީޕީން ތިބޭނީ ރައްޔިތުންނާ އެކީގައި ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.ރަސްފަންނު ސަރަހައްދުން ފަށައިގެން މާލޭގެ ބޮޑެތި މަގުތަކުގައި ބޭއްވި އެއްވުމުގައި، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް މިދިޔަ ހުކުރު ދުވަހު އިންތިހާބުވެވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އަދި އެމްޑީޕީ ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. މި އެއްވުމުގައި ނަޝީދު ވަނީ، މި ސަރުކާރު ބަދަލު ކުރާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ.މީގެއިތުރުން، އެ ޕާޓީއަށް ތާއިދުކުރާ މެންބަރުން ވަޒީފާތަކުން ވަކިކުރަމުން ދަނީ އިންސާފެއް ނެތި ކަމަށާއި އެ މީހުންނާއެކު އަޑުއުފުލުމުގައި ޕާޓީން ދެމިއޮންނާނެކަން ނަޝީދު ފާހަގަކުރެއްވި އެވެ. އަދި، ވަޒީފާއިން ވަކި ކުރާ މީހުންގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ވަނީ ދެއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ