މީދޫ ކައުންސިލް ރައީސް ހޮވުމަށް ބާއްވާ އިތުރު ބުރު އަންނަ ޖޫން މަހު ބާއްވަނީ

އިލެކްޝަންސް ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިގޮތަށް ނިންމީ 2026 އެޕްރީލް 04 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ މީދޫ-2 ނަންބަރު ވޯޓު ފޮށީގެ އެއް ވޯޓު ކަރުދާސް ސައްޙަ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމާ ގުޅިގެން ކަމަށެވެ. މި ޙުކުމާއެކު، މީދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް ވާދަކުރި ކެންޑިޑޭޓުންގެ ވޯޓު ވަނީ އެއްވަރުވެފައެވެ.
މި އިންތިޚާބުގެ އިތުރު ބުރާ ގުޅިގެން އެއްވެސް ޝަކުވާއެއް ނުވަތަ މައްސަލައެއް އޮތް ނަމަ "ޝަކުވާ/މައްސަލަ ހުށަހަޅާ ފޯމު" އެ އިދާރާގެ ވެބްސައިޓް ([email protected]) މެދުވެރިކޮށް ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ