މަހުދީގެ ޖަނާޒާ މިރޭ ރަސްމީ އިއްޒަތުގައި އިސްލާމީ މަރުކަޒުގައި

އިޓަލީގެ ހަތަރު ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ޑައިވް ކުރަނިކޮށް ހާލު ދެރަވެގެން ނިޔާވި ސްޓާފް ސާޖަންޓް މުހައްމަދު މަހުދީހެ ޖަނާޒާ މިރޭ 10:00 އަށް ތާވަލުކޮށްފި އެވެ. 
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ އިސްލާމީ މަރުކަރުގައި ޖަނާޒާ އޮންނާނީ ސިފައިންގެ ރަސްމީ އިއްޒަތުގައި ކަމަށެވެ. ނިޔާވި
"ކަށުނަމާދަށް ފަހު، މައްޔިތާ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ މާލެ މައްޗަންގޮޅީ އާސަހަރާގައެވެ،"
މަހުދީ ނިޔާވުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ހިތާމަފާޅުކޮށް، ތައުޒިޔާގެ މެސެޖުތައް ފޮނުވަމުންނެވެ.
އަދަދަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 44 އަހަރުގެ މަހުދީ ނިޔާވި އިރު، ދެ އަނބިންނާއި ދެ ދަރިން ދުނިޔޭގައި އެބަ ތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ