ސްރީލަންކާގައި ހަލުވިކަމާ އެކު ޑެންގީ ފެތުރެމުން ދަނީ އާ ވޭރިއަންޓެއްގެ ސަބަބުން ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ހަރިނީ އަމަރަސޫރިޔާ ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހު ލަންކާގެ ވަޑޫވާގައި ބޭއްވި ހަފުލާއެއްގައި ވާހަކަދައްކަވަމުން ބޮޑުވަޒީރު ވިދާޅުވީ، ޑެންގީ ކޮންޓްރޯލް ކުރުމަށް މުޅި ގައުމުގައި ހާއްސަ ކެމްޕޭނެއް ފަށާފައިވާ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ބަލިޖެހޭ މީހުންގެ އަދަދު މަޑުމަޑުން މަދުވާން ފަށާފައިވާ ކަމުގެ ނިޝާންތައް ފެންނަމުންދާ ކަމަށެވެ.
"އާ ވޭރިއަންޓާ އެކު ބަލި ފެތުރޭ މިންވަރު އިތުރުވި ނަމަވެސް، އަޅުގަނޑުމެން ވާނީ ބޮޑު އޮޕަރޭޝަނެއް ހިންގާފައި. މިހާރު ބަލިޖެހޭ މިންވަރު ކޮންމެވެސް ވަރަކަށް ދަށްވަމުންދާކަން ފާހަގަކުރެވޭ،" ބޮޑުވަޒީރު ވިދާޅުވި އެވެ.
އަމަރަސޫރިޔާ ވިދާޅުވި ގޮތުގައި ޑެންގީގެ ނުރައްކާ އެންމެ ބޮޑީ ކޮލަމްބޯ ޑިސްޓްރިކްޓަށެވެ. އަދި ހާއްސަކޮށް މަހަރަގަމަ އާއި ކޮލަމްބޯގެ ބޭރު ސަރަހައްދުތަކުން ގިނަ އަދަދެއްގެ ކޭސްތައް ރިޕޯޓްކުރަމުންދާ ކަމަށް އެކަމަނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، މަދިރި އާލާވާ ތަންތަން މިހާރު އެންމެ ގިނައިން ފެންނަނީ އާންމު ގޭބިސީތަކުން ނޫން ކަމަށާއި، އޭގެ ބަދަލުގައި ސްކޫލްތަކާއި، އޮފީސްތަކާއި، ފަޅު ބިންތަކުގެ އިތުރުން މަސައްކަތް ހުއްޓާލާފައިވާ އިމާރާތްކުރާ ސައިޓުތަކުން ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.
ލަންކާގެ ރަސްމީ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް އެ ގައުމުގައި ޑެންގީގެ 50،000 އަށް ވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވެ އެވެ.
ލަންކާގައި ހަލުވިކަމާ އެކު ޑެންގީ ފެތުރެނީ އާ ވޭރިއަންޓެއްގެ ސަބަބުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ