އުރީދޫއިން އައިފޯން 17 ސީރީޒްގެ ފޯނުތައް ޕްރީ-އޯޑަރު ކުރި ކަސްޓަމަރުންނަށް ފޯނު ހަވާލުކުރަން ފަށައިފި އެެވެ.
ކަސްޓަމަރުންނަށް ފޯނު ހަވާލުކުރަން ފެށީ އުރީދޫގެ ހެޑްކުއާޓާޒްގައި ރޭ 12 ޖެހިއިރު އެވެ.
އައިފޯން ހަވާލުކުރަން ބޭއްވި ހަރަކާތް އުރީދޫއިން ކުރިއަށްގެންދިޔައީ ލައިވް މިއުޒިކާ އެކު ހިތްގައިމު މާހައުލެއްގަ އެވެ.
މި ސީރީޒްގެ ފޯނުތަކުގައި ޒަމާނީ ޓެކްނޮލޮޖީގެ ގިނަ ފީޗާތައް ވެސް ހިމަނާފައިވާ އިރު، އެޕަލް އިން ބުނި ގޮތުގައި މި މޮޑެލް އަކީ އައިފޯނުުގެ އަހުލުވެރިން ވަރަށް ގަޔާވާނެ ގިނަ ކަންކަން ހިމެނޭ ޑިވައިސްއަކަށެވެ.
އައިފޯން 17 ސީރީޒްގެ އަގުތަކަށް ބަލާ އިރު އައިފޯން 17 ގެ އަގު ފެށެނީ 799 ޑޮލަރުންނެވެ. އައިފޯން އެއާގެ އަގު ފެށެނީ 999 ޑޮލަރުންނެވެ. އަދި އައިފޯން 17 ޕްރޯގެ އަގު 1،099 ޑޮލަރުން ފެށޭ އިރު، ޕްރޯ މެކްސްގެ ފެށޭ އަގަކީ 1،199 ޑޮލަރެވެ.
އަައިފޯން 17 ގެ ފޯނުތައް ފަސް ކުލައަކުން ލިބޭނެ އެވެ. އެއީ ލެވެންޑާ އާއި މިސްޓް ބްލޫ އާއި ކަޅާއި ހުދު އަދި ސޭޖް އެވެ.
އުރީދޫއިން ޕްރީ-އޯޑާ ކުރި މީހުންނަށް އައިފޯން 17 ދޭން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ