މެޑްރިޑް (ސެޕްޓެމްބަރު 26) - ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ބާސެލޯނާ އިން ފަހަތުން އަރައި 3-1 އިން ރެއާލް އޮވިއޭޑޯގެ މައްޗަށް ކުރިހޯދައިފި އެވެ.
އޮވިއޭޑޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ލީޑުނެގީ 33 ވަނަ މިނިޓްގައި ޖެހި ގޯލުންނެވެ. މި ލަނޑަކީ ބާސެލޯނާގެ ކީޕަރު ޖޮއާން ގާސިއާ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި، އޮވިއޭޑޯގެ އަލްބާޓޯ ރެއިނާ ޖެހި ގޯލެކެވެ. އޮވިއޭޑޯގެ ކެޕްޓަނަކީ، ސްޕެއިނުގެ ލެޖެންޑަރީ މިޑްފީލްޑަރު، ސަންޓި ކަޒޯލާ، 40 އެވެ. ފުރަތަމަ ހާފުގައި އޮވިއޭޑޯ އިން ނިންމާލީ ލީޑުގައި އޮވެ އެވެ.
ދެ ވަަނަ ހާފުގެ ކުޅުން ފަށައިގެން، 11 މިނިޓް ތެރޭ، މެޗުގެ 56 ވަނަ މިނިޓްގައި ބާސެލޯނާ އަށް އެއްވަރުުކޮށްދިން ގޯލު ޖެހީ އެރިކް ގާސިއާ އެވެ.
ބާސެލޯނާ އިން ލީޑުނެގީ މެޗުގެ 70 ވަނަ މިނިޓްގައި ރޮބަޓް ލެވަންޑޯސްކީ ޖެހި ގޯލުންނެވެ. މިއީ، ފްރެންކީ ޑި ޔޯން ދިން ބޯޅައަކުން ލެވަންޑޯސްކީ ޖެހި ގޯލެކެވެ. އަދި، ފަހަަކަށް އައިސް ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ މާކަސް ރެޝްފޯޑް ވަނީ މެޗުގެ 88 ވަނަ މިނިޓްގައި، ބާސެލޯނާގެ ތިން ވަނަ ލަނޑު ޖަހަން ރޮނާލްޑް އަރައުހޯ އަށް ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
މި ނަތީޖާއާ އެކު، މި ފަަހަރުގެ ލީގުގައި ބަލިނުވެ، ރެކޯޑް ދަމަހައްޓަމުން އަންނަ ބާސެލޯނާ އިން ވަނީ، ހުރިހާ މެޗަކުން މޮޅުވެގެން އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާ ދެ ޕޮއިންޓަށް ފަރަގުކުޑަކޮށްފަ އެވެ.
ބާސެލޯނާ އިން ފަހަތުން އަރައި އޮވިއޭޑޯ ބަލިކޮށްފި ބާސެލޯނާ އިން ފަހަތުން އަރައި އޮވިއޭޑޯ ބަލިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ