އުރީދޫގެ އޮންލައިން ޕްލެޓުފޯމް، މޫލީ މެދުވެރިކޮށް އެންމެ ފަހުގެ އައިފޯން 17 ޕްރޯ އަދި އައިފޯން ޕްރޯ މެކްސް ޕްރީއޯޑާކުރި ކަސްޓަމަރުންނާ ފޯނުތައް ހަވާލުކުރަން ފަށައިފި އެވެ.
މޫލީއިން ޕްރީ އޯޑާކުރުމުގެ ފުރުސަތު ސެޕްޓެމްބަރު 19، އިން ފެށިގެންނެވެ. އައިފޯންތައް ރޭ ހަވާލުކުރީ ހުޅުމާލޭގައި ހުންނަ އުރީދޫގެ ހެޑްކުއާޓާސްގަ އެވެ.
އަލަށް ނެރުނު އައިފޯން 17 ގައި އޭ19 ޕްރޯ ޗިޕަކާއެކު، 12 ޖީބީގެ ރެމެއް ހުރެ އެވެ. އައިފޯން 16 ގައި ހުރީ 8 ޖީބީގެ ރެމެކެވެ. އޭގެއިތުރުން އެ ފޯނުގައި އަމިއްލަ ވައިފައި އަދި ބްލޫޓޫތު ޗިޕެއް ވެސް ހުރެ އެވެ.
އެ ފޯނުގައި 24 މެގަޕިކްސެލް ސެންސަރެއް ހުރެ އެވެ. އޭގެ ސަބަބުން ކުރީގެ އައިފޯންތަކަށްވުރެ ސެލްފީތައް ނެގުމުގައި އައިފޯން 17 ގެ ފެންވަރު ވަރަށްބޮޑަށް ރަނގަޅުވާނެ އެވެ.
ކެމެރާއަށް ބަލާއިރު 48 މެގަޕިކްސެލް އަދި 12 މެގަޕިކްސެލްގެ ދެ ގުނަ ޒޫމްކުރެވޭ ޓެލެފޮޓޯ ކެމެރާއެއް ވެސް ހިމެނެ އެވެ.
އައިފޯން 17 ޕްރީއޯޑާކުރި މީހުންނާ އުރީދޫއިން ފޯނު ހަވާލުކުރަން ފަށައިފި އައިފޯން 17 ޕްރީއޯޑާކުރި މީހުންނާ އުރީދޫއިން ފޯނު ހަވާލުކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ