ފުޓްބޯޅަ އިން އިޒްރޭލް ސަސްޕެންޑްކުރިޔަނުދޭން އެމެރިކާ އިން މަސައްކަތް ކުރާނެ ފުޓްބޯޅަ އިން އިޒްރޭލް ސަސްޕެންޑްކުރިޔަނުދޭން އެމެރިކާ އިން މަސައްކަތް ކުރާނެ

ވޮޝިންޓަން، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 26) - އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި ފުޓްބޯޅައިގެ ކަންކަމުން އިޒްރޭލު ސަސްޕެންޑްކުރިޔަނުދޭން އެމެރިކާ އިން މަސައްކަތް ކުރާނެ ކަމަށް އެ ގައުމުގެ ތަރުޖަމާނު ބުނެފި އެވެ.
ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔުއެފާ އިން އިންތިޒާމްކޮށްގެން ބާއްވާ ހުރިހާ ފުޓްބޯޅަ މުބާރާތްތަކުން އިޒްރޭލް ބޭރުކުރަން ވޯޓެއް ނަގަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިޒްރޭލުން މި މަހު، ގަތަރަށް ދިން ހަމަލާއާ ގުޅިގެން، އަރަބި ގައުމުތަކުގެ އިތުރުން، ޔޫރަޕްގެ ގައުމުތަކާ އިޒްރޭލާ ދެމެދު ވަނީ ގުޅުން ގޯސްވެފަ އެވެ. ގަތަރުގެ ސަރުކާރުގެ އިސް ފަރާތެއް ކަމަށްވާ، ނާސިރު އަލް ހަލީފީ އަކީ ޕީއެސްޖީގެ ރައީސްގެ އިތުރުން، ޔޫރަޕްގެ ކްލަބް އެސޯސިއޭޝަން (އީސީއޭ)ގެ ވެސް ރައީސް އެވެ. އީސީއޭ އަކީ ޔުއެފާއާ ގުޅިގެން ޔޫރަޕްގެ ކްލަބް ފުޓްބޯޅަ އާއި ގައުމުތަކުގެ ފުޓްބޯޅައިގެ ކުރި މަގަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. އެ ގޮތުން، އީސީއޭގެ ވެސް ތާއީދާ އެކު، ޔުއެފާ އަށް ވަނީ، އިޒްރޭލު، ޔޫރަޕްގެ ފުޓްބޯޅަ ހަރަކާތްތަކުން ބޭރުކުރަން ވޯޓެއް ނަގަން ހުށަހަޅައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން، ކުރިއަށް އޮތް ހަފްތާގައި އެ ކަމަށް ވޯޓު ނެގުމަށް ޔުއެފާގެ އެގްޒެކްޓިވް ކޮމިޓީގެ ބައްދަލުވުމެއް ވަނީ ތާވަލުކުރެވިފަ އެވެ.
އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އުންމީދުގައި އޮތް އިޒްރޭލަށް ޔުއެފާ އިން ފިޔަވަޅު އަޅައިފިނަމަ، އެ ޓީމަށް ވޯލްޑް ކަޕް ކޮލިފައިންގައި ދެން ނުކުޅެވޭނެ އެވެ.
އެމެރިކާގެ ތަރުޖަމާނު، ބީބީސީ އަށް ބުނެފައިވަނީ، އިޒްރޭލާ މެދު އެފަދަ ފިޔަވަޅެއް އެޅިޔަނުދިނުމަށްޓަކައި، އެމެރިކާ އިން ކުރެވުނު މަސައްކަތެއް ކުރާނެ ކަމަށެވެ.
އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި، އެ ގައުމު ސަސްޕެންޑްކުރަން، ތާއީދުކުރާ ނިސްބަތް، ޔުއެފާގެ 20 މެމްބަރު ގައުމަށް ވުރެން އިތުރެވެ. އިޒްރޭލުން އަންނަނީ އެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުންތަކުގެ ތެރެއިން، މި ވޯޓު ނެގިޔަ ނުދޭން ބާރު އަޅަމުންނެވެ. އެ ގޮތުން، ހަންގޭރީ އާއި ޖަރުމަނުގެ ކިބައިން އިޒްރޭލް ސަރުކާރާއި ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ މި ވޯޓު ނެގިޔަނުދޭން ބާރުއަޅައިދިނުމަށް އެދިފަ އެވެ. އެކަމަކު، ބެލެވޭ ގޮތުގައި، މި ވޯޓުނަގައި، އިޒްރޭލަށް ސަސްޕެންޝަނެއް އައުމުގެ ފުރުސަތު އެބައޮތެވެ.
ފަލަސްތީނުގެ ގައްޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން އިޒްރޭލު ބައިނަލްއަގުވާމީ ކުޅިވަރުތަކުން އެކަހެރި ކުރުމަށާއި އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އިޒްރޭލް ކުޅޭނަމަ ސްޕެއިނުން ބޮއިކޮޓްކޮށްފާނެ ކަމަށް ސްޕެއިންގެ ބޮޑުވަޒީރު ސަންޗޭޒް ވިދާޅުވި، ވާހަކަ އަށް ޔޫރަޕްގެ އެކި ގައުމުތަކުގެ ފުޓްބޯޅަ ފެޑެރޭޝަންތަކުން ވަނީ ތާއިދުކުރަން ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ