ހދ. ކުޅުދުއްފުށިން ކުއްލި ގޮތަކަށް ކަރަންޓު ކެނޑި އެއާޕޯޓުގެ ވެސް ހުއްޓުމަކަށް އައިސްފި އެވެ.
ކުޅުދުއްފުށިން އަދަދު އަށް މައުލޫމާތު ދިން މީހަކު ބުނީ ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ އިރުއޮއްސި 6:15 ހާއިރު ކަމަށާއި ކަރަންޓުގެ ހިދުމަތް އަނބުރާ ލިބޭނެ އިރެއް ވެސް ނޭގޭ ކަމަށެވެ.
އޭނާ ބުނީ ކުޅުދުއްފުއްޓަށް ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން ބުނާގޮތުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެންނެވެ.
މިކަމާ ގުޅިގެން ފެނަކައިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ކެނޑޭ މިންވަރު ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެގޮތުން ވަކިން ހާއްސަކޮށް މާލެ އާއި އައްޑޫ ސިޓީ ފާހަގަކުރެވެ އެވެ.
އައްޑޫ ސިޓީން ކޮންމެ ދުވަހަކުހެން ލޯޑު މަތިވަމުންދާތީ ކަރަންޓުގެ ހިދުމަތް އެކި ސަރަހައްދުތަކުން އެއް ގަޑިއިރަށް ކަނޑަ އެވެ.
މުޅި ކުޅުދުއްފުށިން ކަރަންޓު ކެނޑި އެއާޕޯޓު ވެސް ހުއްޓުމަކަށް މުޅި ކުޅުދުއްފުށިން ކަރަންޓު ކެނޑި އެއާޕޯޓު ވެސް ހުއްޓުމަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ