ރާއްޖޭގައި އަލަށް ކުރި ލޮލުގެ ބޮޑު ސާޖަރީއެއް އައިކެއާގައި ކާމިޔާބުކަމާއެކުކޮށްފި އުކައިލާ ތެޔޮ ވިއްކަމުންދާކަމުގެ ތުހުމަތުގައި ހުޅުމާލެ އިން ބަޔަކު ހައްޔަރުކޮށްފި ކުރެންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބާސިޠު ހައްޔަރުކޮށް ބަންދަށް 12 ދުވަސްޖަހައ

އޯޒޯން ފަށަލަ ހިމާޔަތްކުރުމަށް ހެދިފައިވާ މުހިންމު ޕްރޮޓޮކޯލްތަކުގެ މަގްސަދުތައް ހާސިލްކުރުމަށްޓަކައި، ދުނިޔޭގެ އެންމެން ގުޅިގެން މަސައްކަތްކުރުމަށް ސްޓޭޓް މިނިސްޓަރ ފޮރ ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މުއްމަދު ފާއިޒް ވަނީ ގޮވާލައްވާފައެވެ.
މި ގޮވާލެއްވުން މިވަނީ #COP13MOP36 ގެ ހައި-ލެވެލް ސެގްމަންޓްގައި، ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި މުޙައްމަދު ފާއިޒް ވިދާޅުވީ، އޯޒޯން ފަށަލައަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ކޮންމެ ޤައުމަކުންވެސް ގުޅިގެން މަސައްކަތްކުރުން މުހިންމު ކަމަށެވެ. އަދި ޕްރޮޓޮކޯލްތަކުން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލްވުމަށްޓަކައި، ދެމިހުންނަ އަޒުމާއެކު މަސައްކަތްތައް ކުރިއަށް ގެންދިއުމަށްވެސް އެދިވަޑައިގަތެވެ.
މި ބައްދަލުވުމަކީ އޯޒޯން ފަށަލަ ހިމާޔަތްކުރުމާ ގުޅޭ ދުނިޔޭގެ ފެންވަރުގެ މަޝްވަރާތައްކޮށް، ކުރިއަށް އޮތްތަނުގައި މި މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން ވާހަކަ ދައްކާ ބައްދަލުވުމެކެވެ.
ދިވެހިރާއްޖެއަކީ ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރިމަތިވާ އެއް ގައުމުކަމަށްވާއިރު، އޯޒޯން ފަށަލަ ހިމާޔަތްކުރުމަށް ދެވޭ ސަމާލުކަމަކީ ރާއްޖެއަށްވެސް ވަރަށް މުހިންމު ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ