ފިށިމަތި ސަރަހައްދު ނުހިއްކިގެން ފަރުނުޖެހިގެން އުޅެންޖެހޭ ސަބަބެއް ނެތް: ނަޝީދު

އައްޑޫ ހިތަދޫ ފިށިމަތި ސަރަހައްދު ނުހިއްކާ ފަރުނުޖެހިގެން އުޅެންވީ ސަބަބެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ސަރުކާރުން ނިންމާފައިވަނީ ފިށިމަތި ސަރަހަައްދު ހިއްކައިގެން ހިތަދޫ މަގު ހެދުމުގެ މަސައްކަތް ކުރާށެވެ.
އެ މަޝްރޫއު ހުއްޓާލަން އެދި އައްޑޫގައި ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ ޖަމްއިއްޔާއަކުން ވަނީ ރައީސް މުހައްމަދު މުއިއްޒު މިދިޔަ ހަފްތާ އެ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ މަނިކުފާނަށް ސިޓީއެއް ވެސް ހަވާލުކޮށްފަ އެވެ.
ތަފްސީލް - ހިތަދޫގެ ތެރެއަށް ވަދެފައި އޮންނަ ފިށިމަތި ސަރަހައްދު ހިއްކުން ހުއްޓާލަން އިލްތިމާސް ކުރައްވައި ކުރީގެ ރައީސް ނަޝީދު މިއަދު އެކްސްގައި ވިދާޅުވީ އެ ސަރަހައްދަކީ ކުދި މަހާއި ކަކުނި އަދި ޑިނގާފަދަ ތަކެތީގެ ނާސަރީއެއް ކަމަށެވެ.
"މަގެއް މިހާރު ވެސް އޮތް ހިސާބެއްގައި ފިށިމަތި ހިއްކާނުލާ ފަރުނުޖެހިގެން އުޅެންވީ ސަބަބެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ވެށި ހަލާކުރުމަކީ ހަމަ އެންމެ ރަނގަޅުކަމެއް ކަމަށް ދެކުމަކީ ވެސް ގޯހެއް ކަމަށެވެ.
ގުޅުން ހުރި - ރައީސަށް އައްޑޫން ހަވާލުކުރި ސިޓީގައި ބުނެފައިވަނީ ފިށިމަތި ސަރަހައްދަކީ އައްޑޫ ނޭޗާ ޕާކާ ވަރަށް ކައިރީ އޮންނަ އެ ސަރަހައްދުގެ "ބަފާ ޒޯނެއް"ގެ ގޮތުގައި އޮތް ތަނަކަށްވާތީ އެހެންވެ އެ ސަރަހައްދުގެ މީހުން އެ ތަން ހިއްކުމާ ދެކޮޅު ހަދާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ