ފެނަކަ ކޯޕަރޭޝަނުން ހަރަދުކޮށްގެން އެ ކުންފުނީގެ ބްރާންޗުތައް ހިންގުމާ ހަވާލުވެ ތިބޭ މުވައްޒަފުން ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ނޮވެމްބަރު 14، ގައި ބާއްވާ ޖަލްސާއަށް މާލެ ގެނައުމަށް ނިންމައިފި އެވެ.
ފެނަކައިގެ ހުރިހާ ބްރާންޗަކަށް އިއްޔެ ނެރުނު އިންޓާނަލް މެމޯއެއްގައި ބުނީ އެ ކުންފުނީގެ ބްރާންޗްތަކާ ހަވާލުވެގެން ތިބޭ މުވައްޒަފުންނަށް އަމާޒުކޮށްގެން ނޮވެމްބަރު 13، އިން 14، ގެ ނިޔަަލަށް މާލޭގައި މަހާސިންތާއެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.
މަހާސިންތާ އޮންނަ މުއްދަތުގައި ބްރާންޗްތަކާ ހަވާލުވެގެން ތިބޭނެ މުވައްޒަފުން އެންގުމަށް ވެސް އެ މެމޯގައި އަންގާފައިވެ އެވެ.
މިކަމާ ގުޅޭގޮތުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ނަޖާހު އަދަދު އަށް ވިދާޅުވީ ޖަލްސާގެ އެއްވެސް ކަމެއްގައި އޭނާ ނޫޅޭ ކަމަށާއި ފެނަކައިގެ ބްރާންޗްތަކުގެ ވެރިން މާލެ ގެންނަނީ ތަމްރީންތަކެއް ފުރިހަމަ ކުރުމަށް ކަމަށެވެ.
"ޖަލްސާގެ ކަންކަމުގައި އަޅުގަނޑު ނޫޅެން. އަޅުގަނޑުމެންގެ ޓްރެއިނިންތައް ދާނެ ކޮންމެ ކުއާޓަރެއްގައި ވެސް އެކި ސްޓާފުންނަށް އަމާޒުކޮށްގެން އޭނާ ވިދާޅުވި އެވެ.
ޕީއެންސީގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ނޮވެމްބަރު 14، ގައި ބޮޑު ޖަލްސާއެއް މާލޭގައި ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އެ ޖަލްސާއަށް އެކި ރަށްރަށުން ގިނަ އަދަދެއްގެ ސަރުކާރާއި ކުންފުނިތަކުގެ މުވައްޒަފުން ގެންނަން ދަނީ މަސައްކަތް ކުރަމުންނެވެ.
ފެނަކައިން ހަރަދުކޮށްގެން ބްރާންޗްތަކުގެ ވެރިން ޕީއެންސީގެ ޖަލްސާއަށް މާލެ ގެންނަނީ ފެނަކައިން ހަރަދުކޮށްގެން ބްރާންޗްތަކުގެ ވެރިން ޕީއެންސީގެ ޖަލްސާއަށް މާލެ ގެންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ