މިދިޔަ ދެ ދުވަސްތެރޭ 47 އުޅަނދެއް ޓޯކޮށް، 18 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ވީ ކިހިނެއް؟ - ހުޅުމާލޭގެ މަގުތަކުގައި އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. ފުލުހުން މިއަދު ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ޓޯކުރި އުޅަނދުތަކުގެ ތަފްސީލު އާއްމުކޮށްފަ އެވެ.
ތަފްސީލް - އެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެ މަސައްކަތުގެ ތެރެއިން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި 47 އުޅަނދެއް ވަނީ ޓޯކޮށްފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ:
46 ސައިކަލު
1 ކާރު
ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެންމެ ގިނަ އުޅަނދު ޓޯކޮށްފައިވަނީ ގަވާއިދާ ހިލާފަށް ޕާކުކޮށްގެންނެވެ. ދެވަނައަށް އެންމެ ގިނައިން ޓޯކުރީ ލައިސެންސް ނެތި ދުއްވައިގެންނެވެ.
އެގޮތުން:
ގަވާއިދާ ހިލާފަށް ޕާކުކޮށްގެން - 36 ސައިކަލު ޓޯކުރި
ލައިސެންސްނެތި ދުއްވައިގެން - އަށް ސައިކަލު ޓޯކުރި
ނުރައްކާތެރިކޮށް ދުއްވައިގެން - ސައިކަލެއް ޓޯކުރި
އެހެނިހެން އެކި މައްސަލަތަކުގައި - ކާރަކާއި ސައިކަލެއް ޓޯކުރި
ޖޫރިމަނާކުރި 18 އުޅަނދުގެ ތެރޭގައި ހިމެނެނީ 16 ސައިކަލާއި ދެ ކާރެވެ.
ފާހަގަކޮށްލެވޭ - މީގެކުރިން ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭގޮތުގައި މިދިޔަ މަހު އެކަނި ވެސް 520 އުޅަނދެއް ޓޯކޮށްފައިވެ އެވެ.
ދެ ދުވަސްތެރޭ 47 އުޅަނދެއް ޓޯކޮށް، 18 މީހަކު ޖޫރިމަނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ