2 ދުވަސް ތެރޭ ހުޅުމާލެއިން 47 އުޅަނދު ޓޯކޮށް 18 މީހަކު ޖޫރިމަނާކޮށްފި

މިދިޔަ ދެ ދުވަހުގެ ތެރެއިން ހުޅުމާލެއިން 47 އުޅަނދު ޓޯކޮށް 18 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ. މާލެއާއި ހުޅުމާލޭގައި ނުގަވައިދުން ޕާކުކުރުމާއި، ނުރައްކާތެރިކޮށް ދުއްވާ މީހުންގެ އުޅަނދު ޓޯކުރުމުގެ މަސައްކަތް ފުލުހުން ވަނީ މިހާރަކަށް އައިސް އިތުރުކޮށްފައެވެ މިދިޔަ ދެ ދުވަހު ހުޅުމާލެއިން ޓޯކުރި އުޅަނދުތަކުގެ ތަފާސް ހިސާބުތައް އާންމުކުރަމުން ފުލުހުން ބުނީ، ހުޅުމާލެއިން ޖުމްލަ 47 އުޅަނދު ޓޯކުރި ކަމަށެވެ. އެއީ 46 ސައިކަލާއި، ހަތަރުފުރޮޅުލީ އެއް އުޅަނދެވެ. އޭގެ ތެރެއިން 36 ސައިކަލެއް ޓޯކުރީ ގަވައިދާ ޚިލާފަށް ޕާކުކޮށްފައިވާކަމަށް ބުނެއެވެ. އަށް ސައިކަލެއް ޓޯކުރީ ލައިސަންސް ނެތި ދުއްވުމުންނެވެ. އަދި ނުރައްކާތެރިކޮށް ދުއްްވައިގެން އެއް ސައިކަލު ޓޯކުރިއިރު، އިތުރު އެއް ސައިކަލާއި، ހަތަރުފުރޮޅުލީ އުޅަނދެއް ޓޯކުރީ އެހެނިހެން މައްސަލަތަކުގައެވެ. https://x.com/PoliceMv/status/1986799631377039599 މިދިޔަ ދެ ދުވަހު ޖުމްލަ 18 މީހަކު ޖޫރިމަނާކުރިއިރު، އޭގެ ތެރެއިން 16 މީހުންނަކީ ސައިކަލު ދުއްވި މީހުންނެވެ. ބާކީ ދެ މީހުންނަކީ، ހަތަރު ފުރޮޅުލީ އުޅަނދު ދުއްވި މީހުންނެެވެ. ނުގަވައިދުން ދުއްވުމާއި، ނުގަވައިދުން ޕާކުކުރުމުގެ އިތުރުން ޕާކުކުރުމުގެ ޖާގަ ނެތް މައްސަލައަކީ ވެސް މާލެއާއި، ހުޅުމާލެއަށް ދިމާވެފައިވާ ވަރަށް ބޮޑު ދެ މައްސަލައެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ