އުކާލާ ތެޔޮ ވިއްކި މައްްސަލަ: އެކަކު ދޫކޮށްލީ ދިވެއްސަކާ އިނދެގެން އުޅޭ ކަމުގެ ވިސާ އޮތުމުން

ރިސޯޓުތަކުގައި ބޭނުންކޮށް އުކާލާ ތެޔޮ ވިއްކަމުންދާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެެރެއިން އެކަކު ދޫކޮށްލީ، ދިވެއްސަކާ އިނދެގެން އުޅޭ ކަމުގެ ސައްހަ ވިސާ އޮތުމުންކަން އެނގިއްޖެ އެވެ.
ވީިކިހިނެއް؟ - މި މައްސަލާގައި ބަގްލަދޭޝްގެ ފަސް މީހަކު ރޭ ފުލުހުން ހައްޔަރުކުރި އެވެ. އެކަމަކު ބަންދު މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން އޭގެތެރެއިން އެކަކު ވަނީ ދޫކޮށްލާފަ އެވެ. ދެން ތިބި މީހުންގެ ބަންދަށް 10 ދުވަސް ވަނީ ޖަހާފަ އެވެ.
މި މައްސަލާގައި ހައްޔަރުކުރީ:
އަލް އަމީން ބޮޔަޓި، 37
ދުލާލް މިއާހް، 32
 މޮހަންމަދު ރަސެލް މިއާހް، 34
މަންވަރު ހޮސައިން، 45
މޮހަންމަދު ހާރޫން، 45
ތަފްސީލް - ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލީ މޮހަންމަދު ހާރޫން އެވެ. އޭނާގެ ކޯޓުން އަމުރުން އެނގޭގޮތުގައި އޭނާ ދޫކޮށްލަން ނިންމީ:
އޭނާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ސައްހަ ވިސާއެއްގައި ރާއްޖޭގައި އުޅޭ މީހެއްކަމުގައިވާތީ 
އޭނާއަކީ ޕިކަޕް ޑްރައިވަރެއްކަމަށް އޭނާ ބުނާއިރު، އެކަމަށް ބާރުދޭ ވާހަކަތަކެއް މައްސަލާގައި ތުހުމަތުކުރެވޭ އެހެން މީހުން ވެސް ބުނެފައިވާތީ
ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށް ފަހު
މި މައްސަލާގައި ހައްޔަރުކުރި އަނެއް ހަތަރު މީހުންގެ ބަންދު އަމުރުގައި ވާގޮތުން އެ މީހުން ބަންދުކުރަން ނިންމީ، ސައްހަ ވިސާއެއްގައި ރާއްޖޭގައި އުޅޭ މީހުންނަށް ނުވާތީ އެވެ. އަދި ބަންދުން ދޫކޮށްލައިފި ނަމަ ފިލާފާނެތީ އެވެ.
އެނގުން މުހިންމު - މި މީހުން ރޭ ދަންވަރު ހައްޔަރުކޮށްފައިވަނީ، އެމްޕީއެލް ކޮންޓެއިނަރު ޖެޓީ ސަރަހައްދުގައި އޮތް ޑިންގީއަކުން ތެޔޮ ހަންތަކެއް ބާލައި ޕިކަޕަކަށް އަރުވަމުންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ. އެ އޮޕަރޭޝަނުގައި ދޯންޏަކާއި ޑިންގީއަކާއި ޕިކަޕެއް ބަލައިފާސްކޮށްގެން، ރިސޯޓުތަކުގައި ބޭނުންކޮށްފައިހުރި 46 ހަން ތެޔޮ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ