ރައީސް ސޯލިހާއި ކުރީގެ ރައީސް މައުމޫން ބައްދަލު ކުރައްވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ބައްދަލުވުމެއް ކުރިޔަށް އެބަދެ އެވެ.
މި ބައްދަލުވުން ކުރިޔަށް ދަނީ ރައީސް އޮފީހުގައި އެވެ. ބައްދަލުވުން ފެށުނީ11:00 ގައި އެވެ.
މި ބައްދަލުވުންް ކުރިޔަށްދާކަން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު “ދުވަސް”އަށް ވަނީ ކަށަވަރުކޮށްދެއްވާފައި އެވެ. މި ބައްދަލުވުމާއި ގުޅޭ އިތުރު މައުލޫމާތު އޭނާ ނުދެއްވަ އެވެ.
ރައީސް ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއި އެކު ކޯލިޝަން ހެދުމަށް ރައީސް މައުމޫން މުސްތަޝާރުކަން ކުރައްވާ އެމްއާރުއެމްއަށް ދައުވަތު ދެއްވާފައި އެވެ. އެކަމަކު މިހާތަނަށް އެ ޕާޓީން ޖަވާބެއް ނުދެ އެވެ.
އެ ދައުވަތު ގަބޫލު ކުރައްވައި އެމްޑީޕީއާ ކޯލިޝަން ހަދަން މިހާތަނަށް ނިންމާފައި ވަނީ އަދާލަތު ޕާޓީ އެކަންޏެވެ. މީގެ އިތުރުން އެމްޑީއޭ އިން ވެސް ވަނީ އެމްޑީޕީ އާ ކޯލިޝަނެއް ހަދަން ނިންމައިފަ އެވެ.
މިހާރު ކޯލިޝަން ޕާޓްނަރު ޖޭޕީން ނިންމީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަ ކުރާށެވެ.
Your email address will not be published. Required fields are marked *
ހިޔާލު * document.getElementById("comment").setAttribute( "id", "ad60b8f1a0fc34dd378e47326431b34f" );document.getElementById("bb7c1a6aaf").setAttribute( "id", "comment" );
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
Email: [email protected] | Phone: +960 9770541Address: M. Golden Bones, 3rd Floor, Male’ Maldives© Copyright 2020, Dhuvas.mv, All Rights Reserved
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ