ހުޅުމާލޭގެ ދެވަނަ ފިޔަވަހިންނާއި ފުރަތަމަ ފިޔަވަހިން ކަރަންޓް ކެނޑުނު ސަރަހައްދުތަކަށް އަލުން ކަރަންޓް ދީފި އެވެ.
ސްޓެލްކޯ އިން ބުނީ ކަރަންޓް ކެނޑުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ވިނަރެސް ފްލެޓްތަކާ ދިމާލުން ކޮނުމުގެ ތެރޭގައި ޑިސްޓްރިބިއުޝަން މައި ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށެވެ.
ދިމާވި މައްސަލަ ހައްލުކޮށް ގާތްގަނޑަކަށް ގަޑިއެއްހާއިރު ތެރޭގައި ސްޓެލްކޯ އިން ވަނީ ކަރަންޓް ދީފަ އެވެ.
އެ ކުންފުނިން ވަނީ ކަރަންޓް ކެނޑުނު ވަގުތު ދިމާވި ދަތިތަކަށްޓަކައި މައާފަށްވެސް އެދިފަ އެވެ.
ހުޅުމާލެއަށް އަލުން ކަރަންޓް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ